އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުގައި ޤަވާއިދާއި ޙިލާފަށް އަމަލުކުރުމާއިގުޅޭ

                                                       ނަންބަރު:(PR)203-PROREC/203/2018/1

ނޫސްބަޔާން

އަރިއަތޮޅު ދެކުނުބުރީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުގައި ޤަވާއިދާއި ޙިލާފަށް އަމަލުކުރުމާއިގުޅޭ

              އަރިއަތޮޅު ދެކުނުބުރީ ރަންގަލި ފަރުގެ ހުޅަނގަ އުތުރު ކަނުން ފެށިގެން ދިގުރަށުގެ އުތުރުކަނާއި ދޭތެރޭގައިވާ ރަށްތަކުގެ ބޭރުތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ފުޅާ ސަރަހައްދަކީ، އިއުލާން ނަންބަރު:138-EE/2009/19 ގެ ދަށުން 05 ޖޫން 2009 އަކުން ފެށިގެން ޙިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

             މިސަރަހައްދު ޙިމާޔަތްކުރުމާއި ގުޅިގެން މިސަރަހައްދަށް ކުނި އެޅުމަކީ މަނާކަމެކެވެ. ނަމަވެސް، އެކިފަރާތްތަކުން މިސަރަހައްދަށް ބަދިގޭ ކުންޏާއި އަދިވެސް އެހެނިހެން ކުނި އަޅަމުންދާ ކަނުގެ ޝަކުވާ އަންނަނީ މިއޭޖެންސީއަށް ލިބެމުންނެވެ. ވަކިން ޙާއްސަ ގޮތެއްގައި އެރިޔަދޫ ކަނޑުއޮޅި ކައިރިން ގިނައަދަދަކަށް ދޯނިފަހަރުގައި އައިސް ކުނިއަޅަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެނގިވަޑައިގަންނަވާނޭފަދައިން، މިސަރަހައްދަކީ ފެހުރިއްސާއި އެންމަޑި އަދިވެސް އެހެނިހެން ދިރުންތައް އުޅޭ ސަރަހައްދަށްވެފައި، މިގޮތަށް މިސަރަހައްދަށް ކުނިއަޅަމުންދާނަމަ، އެކަމުގެ ނޭދެވޭ އަސަރު މިދިރުންތަކަށް ކުރުމީ ވަރަށް ގާތްކަމެކެވެ. އަދި މިސަރަހައްދުގެ ދިރުންތައް ބެލުމަށް ގިނައަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރުމަށްދެއެވެ. އެހެންކަމުން، މިސަރަހައްދަށް ކުނިއެޅުމަކީ އެކަމުގެ ނޭދެވޭ އަސަރު ތިމާވެއްޓަށާއި ޓޫރިޒަމްއަށްވެސް ކުރާނެކަމެއްކަމުން، އެއްވެސް ފަރާތަކުން މިސަރަހައްދަށް ކުނިނޭޅުމަށް އަންގަމެވެ. އަދި މިސަރަހައްދަށް ކުނި އަޅާ ފަރާތްތަކާއިމެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނާއި ކުނިމެނޭޖްކުރުމާއިބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅިގެންދާނެއެވެ.

             މީގެ އިތުރުން، ފެހުރިއްސާއި އެންމަޑި ބެލުމަށް ހަދާފައިވާ އުސޫލާއި ޙިލާފަށް ބައެއް ފަރާތްތަކުން މިސަރަހައްދުގައި އަމަލުކުރަމުންދާކަމުގެ މަޢުލޫމާތުވެސް ދަނީ މިއޭޖެންސީއަށް ލިބެމުންނެވެ. މިގޮތުން، ޙިމާޔަތްކޮށްފައިވާ ދިރުންތަކުގައި އަތްލުމާއި، އެއްފަހަރާއި މާގިނަ މީހުން މޫދަށް އެރުއުޅުމާއި، މިސަރަހައްދަށް ވަނުން މަނާ ސައިޒުގެ އުޅަނދު ފަހަރު މިސަރަހައްދަށް ވަދެއުޅުމާއި މިސަރަހައްދުގައި އުޅަނދުފަހަރު މާބާރަށް ދުއްވުމަކީ އެކަންކަމުގެ ނޭދެވޭ އަސަރު ޙިމާޔަތްކޮށްފައިވާ ދިރުަންތަކަށް ކުރާނެކެމެކެވެ.  އަދިހަމައެހެން، މިސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް އެކަމުގެ ގެއްލުން ކުރިމަތިވެދާނެ ކަންކަމެވެ.

              އަދިހަމައެހެންމެ، ރޭގަނޑުގަޑީގައި ބައެއް ފަރާތްތަކުން ފެހުރެހި އެރުވުމަށްޓަކައި އަލިގަދަކޮށް ދިއްލާހަދާކަންވެސް ވަނީ މިއޭޖެންސީއަށް ފާހަގަކުރެވިފައެވެ. އެހެންކަމުން، މިގޮތަށް އަމަލުނުކުރުމަށް އެންމެހައި ފަރާތްތަކަށް ދަންނަވަމެވެ. އަދި ޤަވާއި ޙިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.    

21 ޝައުބާން 1439

       07 މެއި 2018

08 މޭ 2018
ހޯދާ