މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙް ނަމާދުކޮށް އަދި ޤުރުއާން ކިޔެވުމަށް ރާއްޖޭން ބޭރުން ޙާފިޒުން ގެންނަވަންވާނީ،

1439 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙް ނަމާދުކޮށް އަދި ޤުރުއާން ކިޔެވުމަށް ރާއްޖޭން ބޭރުން ޙާފިޒުން ގެންނަވަންވާނީ، "ސްޕެޝަލް ވީޒާ" އަށް އެދި ހުށަހަޅާ ވީޒާ އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް މި މުއައްސަސާއަށް ހުށަހަޅުއްވައި ވީޒާ ލިބުމުން ކަމުގައި ހަމަޖައްސައިފީމެވެ.

 

ވީމާ، 1439 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙް ނަމާދުކޮށް އަދި ޤުރުއާން ކިޔެވުމަށް ރާއްޖޭން ބޭރުން ޙާފިޒުން ގެންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، "ސްޕެޝަލް ވީޒާ" ގެ ދަށުން ރާއްޖެ ގެނައުމަށް ބޭނުންވާ ބިދޭސީންގެ ވީޒާ އެޕްލިކޭޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތިރީގައި މިދަންނަވާ ލިޔުންތައް، އެ ބިދޭސީއަކު ރާއްޖެއައުމަށް ހަމަޖެހިފައިވާ ތާރީޚުގެ 5 (ފަހެއް) ދުވަސް (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ.

 

  • "ސްޕެޝަލް ވީޒާ" އެޕްލިކޭޝަން ފޯމް (PDF ފޯމެޓަށް)

 

  • ބިދޭސީ މީހާގެ ޕާސްޕޯޓްގެ ކުލަ ކޮޕީ (JPEG ގެ ފޯމެޓަށް 200dpi އަށްވުރެ ފޮޓޯ ކޮލިޓީ ދަށްނުވާ ގޮތަށް)

 

  • ބިދޭސީ މީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯ. (މޯލްޑިވްސް އިމިގްރޭޝަންއިން ކަނޑައަޅާފައިވާ ޕާސްޕޯޓް މިންގަޑާ އެއްގޮތަށް ނަގާފައިވާ) - (JPEG ގެ ފޯމެޓަށް 200dpi އަށްވުރެ ފޮޓޯ ކޮލިޓީ ދަށްނުވާ ގޮތަށް)

 

  • ބިދޭސީމީހާއަކީ "އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރަންސް ޕޮލިސީ" ގައި ބައިވެރި ވެފައިވާކަން ބަޔާންކޮށް އެލައިޑް އިންޝުއަރަންސް އިން ދޫކޮށްފައިވާ ލިޔުމުގެ ކުލަ ކޮޕީ (PDF ފޯމެޓަށް)

 

  • ފުރިހަމަކޮށްފައިވާ IM30 އެޕްލިކޭޝަން ފޯމް (PDF ފޯމެޓަށް)

 

  • ބިދޭސީމީހާއަކީ 1439 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙް ނަމާދުކޮށް އަދި ޤުރުއާން ކިޔެވުމަށް ހުއްދަ ދެއްވާފައިވާ ފަރާތެއްކަން ބަޔާންކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ދޫކުރައްވާފައިވާ ލިޔުމުގެ ކުލަ ކޮޕީ.(PDF ފޯމެޓަށް)

 

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާއިރު، ކޮންމެ އެޕްލިކޭޝަނެއް ވެސް ފޮނުއްވާނީ ވަކި އީމެއިލް އެއްގެގޮތުގައެވެ.

 

މިދެންނެވި ގޮތަށް އީމެއިލް ކުރެއްވުމުން، ވީޒާ އެޕްރޫވްވެފައިވާކަން ނުވަތަ ނޫންކަން ބަޔާންކޮށް އީމެއިލް މެދުވެރިކޮށް ޖަވާބު ލިބިވަޑައިގަންނަވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުއްވި ނަމަވެސް، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ނަމަ ނުވަތަ ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަނުވާނަމަ އެ އެޕްލިކޭޝަނެއް ރިޖެކްޓް ކުރެވޭނެއެވެ.

 

ވީޒާ އެޕްރޫވްވެފައިވާކަމުގެ އީމެއިލް ލިބިވަޑައިގަތުމުން، ބިދޭސީމީހާ ރާއްޖެ އައުމުގެ 1 (އެކެއް) ގަޑިއިރު ކުރިން، ވީޒާ އެޕްލިކޭޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އަޞްލު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

އަދި ދަންނަވަމެވެ. ޙާފިޒުން/ޤާރީންނަށް މިމުއައްސަސާއިން ދޫކުރާނީ 45 (ސާޅީސް ފަހެއް) ދުވަހުގެ ފްރީ ވީޒާ އެކެވެ. މި ވީޒާ ހައްގު ވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ހުއްދަ ދޫކުރައްވާފައިވާ ޙާފިޒުން/ޤާރީންނަށް ކަމުގައި ދެންނެވީމެވެ.

 

ޙާފިޒުން/ޤާރީންނާއެކުގައި ދަތުރު ކުރައްވާ އާއިލާގެ  މެމްބަރުންނަށް (އަނބިން/ދަރިން) ރާއްޖެއައުމުން ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވިީޒާ އެކެވެ. އަދި 30 ދުވަހަށް ވުރެ އިތުރަށް މަޑުކުރައްވަން ބޭނުންފުޅުވާނަމަ، ވީޒާ ހަމަވުމުގެ ކުރިން އެވީޒާ އަކަށް ފައިސާ ދައްކައިގެން ވީޒާގެ މުއްދަތު އިތުރުކުރުމަށް ހަނދުމަކޮށް އަރުވަމެވެ.

 

މިކަމާ ގުޅިގެން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، 7940452 ނުވަތަ 3330445 ނަންބަރު ފޯނާ ގުޅުއްވުމަށް ދެންނެވީމެވެ.

 

ވީމާ، ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

 

06 މޭ 2018
ހޯދާ