މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1439 ވަނައަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

އިޢުލާން 

1439ވަނައަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާއި ބެހޭ،

           1439 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް 06 މެއި 2018 އިން ފެށިގެން 15 މެއި 2018 ވާ އަންގާރަ ދުވަހުގެ 12:00 އަށް އެފުރުޞަތު ހުޅުވާލަމެވެ.

          އަދި ވޭތުވެދިޔަ އަހަރު ފަޤީރުންގެ ލިސްޓުގައި ހިމެނިފައިވާ ފަރާތެއްނަމަ އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އެފަރާތްތައް ވާނީ 1439ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނިފައެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ފޯމު ދޫކުރުން

06 މެއި 2018 އިން 15 މެއި 2018 އަށް

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަތުން

07 މެއި 2018 އިން 15 މެއި 2018 އަށް

           މާލެއާއި އޮތޮޅުތަކުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އަދި މާލޭގައި ނަމަ މި ފޯމު ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ.  އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ގދ. ތިނަދޫގައި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ މި މިނިސްޓްރީން ކަނޑައަޅާފައިވާ އިދާރާތަކުގައެވެ.

އައްޑޫ ސިޓީ

ސ. ހިތަދޫ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އައްޑޫސިޓީ ޔުނިޓް

ސ. ހުޅުދޫ / ސ. މީދޫ

ނަސްރިއްޔާ ޕްރީސްކޫލް / ސ.ހުޅުދޫ

ސ. މަރަދޫ / ސ. މަރަދޫފޭދޫ

ތަދްރީސުލް ޤުރްއާން ކްލާސް/ ސ. މަރަދޫ

ސ. ފޭދޫ

ލޭންޑް އެންޑް ބިލްޑިންގ މުނިސިޕަލްޓީ ޑިޕާރޓްމަންޓް/ ސ. ފޭދޫ

ފުވައްމުލަކު ސިޓީ

ފުވައްމުލަކު އުތުރު ދާއިރާ

ފުވައްމުލަކު ލޭންޑް އެންޑް ބިލްޑިންގެ ހައުސިންގ ޔުނިޓް

ފުވައްމުލަކު މެދު ދާއިރާ

ފުވައްމުލަކު ލޭންޑް އެންޑް ބިލްޑިންގެ ހައުސިންގ ޔުނިޓް

ފުވައްމުލަކު ދެކުނު ދާއިރާ

ފުވައްމުލަކު ލޭންޑް އެންޑް ބިލްޑިންގެ ހައުސިންގ ޔުނިޓް

ގދ. ތިނަދޫގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފޯމު ދޫކުރުން ކުރިއަށްދާނީ ތިނަދޫ މީޑިއާ ސެންޓަރުގައެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 12:00 އަށެވެ.  

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޝަޢުބާން 1439

03 މޭ 2018
ހޯދާ