މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ

ޢިއުލާން

                                                     ޢިއުލާން ނަންބަރ: IUL)285-A/285/2018/18)

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ

J-220579

ރޭންކް

ޖީ.އެސް. 3

ކްލެސިފިކޭޝަން

އޮފިސަރ ޤްރޭޑް 1

މަޤާމްގެ ގިންތި:

ދާއިމީ

ސެކްޝަން / ޔުނިޓް

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

މިލަދުން މަޑުލުދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް

1500.00 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް 2

700.00 ރުފިޔާ

އިތުރު އިނާޔަތްތައް:

-          ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          މީގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލް އިދާރާގެ ސްޓޮކް ބަލަހައްޓައި ރަށްވެހިގެއާއި، ރައްޔިތުންގެ އިމާރާތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން
  2. އުފަންވުން ރަޖިސްޓްރީ ކުރުމާއި، އުފަންދުވަހު ސެޓްފިކެޓް ހެދުމާއި ވިހާ، މަރުވާގެ ކަންކަން ބެލުން
  3. ބިމާއި، އިމާރާތާއި އަދި ގޯތި ރަޖިސްޓްރީ ހަދައި، ރަހުނުގެ ރަޖިސްޓްރީ އާއި ރައްވެހިންގެ ރަޖިސްޓްރީ ހަދައިދިނުން
  4. އެކިއެކި ޖަލްސާތަކާއި، ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުން
  5. ރަށުގެ ބިން ދޫކުރުމުގެ ލިޔެކިޔުންތައް ބެލެހެއްޓުން
  6. އެކި އެކި މުނާސަބަތާ ދިމާކޮށް ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަކާބެހޭ ކަންތައްތައް ރާވާ ހިންގުން
  7. މެޖިސްޓްރޭޓް ކޯޓުން ހުށަހެޅޭ ބިމާބެހޭ ގޮތުން ހުށަހަޅަންޖެހޭ މައްސަލަތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން
  8. ޔުނިޓްގެ ޔައުމިއްޔާ ތައްޔާރުކުރުމާއި، ސިޓީ، މެސެޖް ލިޔެ ތައްޔާރުކުރުން
  9. ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

                                                                                                              

 

ޝަރުތު:

1-      ސާނަވީ ނުވަތަ އެ އާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު،

 އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'

މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް

ކެޓަގަރީގެ ޖުމްލަ އިންސައްތަ

(%) އިންސައްތަ

ދެވޭނެ އެންމެމަތީ މާކްސް

ބެލޭނެ ބައިތައް

ދާއިރާ

 

40

35

35

ލިބިފައިވާ އިތުރު ތަޢުލީމް

 

ތަޢުލީމާއި ތަމްރީނު

5

30

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

5

5

12

ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން

އިމްތިޙާން

 

10

 

10

 

33

 

މަޤާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާ

 

މަސައްކަތުގެ ތަޖުރިބާ

45

45

100

އިންޓަވިއު / ޕްރެކްޓިކަލް

ލިބިފައިވާ ހުނަރު

100

100

210

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން14 މެއި 2018  ވާ ހޯމަ ދުވަހުގެ ދުވަހުގެ 14:00ގެ ކުރިން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށް ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން  ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް  މިއިދާރާގެ ނަންބަރ 6560018 ފޯނާ ގުޅުއްވުން އެދެމެވެ. 

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 17 މެއި 2018 އާއި 24 މެއި 2018 އާއި ދެމެދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެން ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

45 އިންސައްތަ

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. ( މިފަދަ ސެޓްފިކެޓްތްއް އެކުރެޑިޓް ކުރަން ނުޖެހޭނެއެވެ. )

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.


ވީމާ، މިކަން އަންގާ ޢިއުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް 6560018 އަށް ގުޅުއްވުން އެދެމެވެ.

                                                           އާދަމް ސަމީރު

                                                     ހެނބަދޫ ކައުންސިލްގެ ރައީސް

 

03 މޭ 2018
ހޯދާ