ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
05 ޑިސެންބަރު 2013ވަނަ ދުވަހުގެ ހަވީރު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރާގުޅޭ ނޫސްބަޔާން

"ތިލަފުށި ބިން ހިއްކުން ހެވީލޯޑާއެކު ކުރިއަށް ގެންދަން ނިންމައިފި" މިސުރުޚީގެ ދަށުން 05 ޑިސެންބަރު 2013ވަނަ ދުވަހުގެ ހަވީރުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ތިލަފުށި ހިއްކުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ ލިޔުމަކީ އެއްވެސް ބަރުމިނެއްނެތް ޙަޤީޤަތާ ޚިލާފު ޚަބަރެއްކަމުގައި ދަންނަވަމެވެ.

ޙަޤީޤަތް އޮޅުންނުފިލުވައި ޒިންމާދާރުކަން ކުޑަ ގޮތަކަށް މިކޯޕަރޭޝަނާގުޅޭ ޚަބަރުތައް ބައެއް މީޑިއާތަކުގައި ޢާންމުކުރުމަކީ މިކޯޕަރޭޝަނުން ހިތާމަކުރާކަމެކެވެ. މިކޯޕަރޭޝަނަކީ އަބަދުވެސް މީޑިއާ އާ ގާތް ގުޅުމެއް ބާއްވާ ކުންފުންޏެކެވެ. އަދި ޒިންމާދާރު ނޫސްވެރިކަމަކީ މިކޯޕަރޭޝަނުން އަބަދުވެސް މަރުޙަބާ ކިޔާ ކަމެކެވެ.

05 ޞަފަރު 1435

08 ޑިސެންބަރު 2013
ހޯދާ