ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތަށް ބްލޭޑް ސަރވަރއެއް ހޯދުމަށް ބޭނުންވެގެން އޭޕްރިލް 11 2018 ގައި ކުރެވުނު ނަންބަރު: (IUL)23-AP/23/2018/86 އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވަނީ ދެފަރާތުން ކަމަށްވާތީވެ އެއިޢުލާން ބާތިލްކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 މެއި 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
07 ޝައުބާން 1439