ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

 

ވަޒީފާގެ ފުރުސަތު                            ނަންބަރ: 421/IUL/2018/16

 

މަޤާމް

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރ:

J-287280

ބޭނުންވާ ޢަދަދު

01 ( އެކެއް )

މަޤާމުގެ ރޭންކް:

އެމްއެސް 02

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

އޮފީސް

ގދ.ވާދޫ ކައުންސިލް އިދާރާ

މުސާރަ:

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު: 2000.00

ޓެކަނިކަލް ކޯ އެލަވަންސް

މަހަކު -/900

ވަޒީފާ އަދާކުރަންޖެހޭތަން: ގދ.ވާދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް،ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މަޤާމުގެ ޝަރުޠު

 1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

 

މަޤާމުގެ މަސްޢޫލިއްޔަތު:

 1. ކައުންސިލުން ބޭނުންވާ ކަންކަމަށް ޕްލޭންތައް އެކުލަވާލައި އެފަދަކަންކަމުގައި އެހީތެރިވުން.
 2. ލޭންޑް ޔޫސް ޕްލޭން އަދި ބިމާބެހޭ ރެކޯޑްތައް ލިޔެ ބެލެހެއްޓުން.
 3. ސްޓެޓިސްޓިކްސް ބެލެހެއްޓުމާއި ކޮންމެ 06 މަހަކުން 01 ފަހަރު ފޮނުވަންޖެހޭ ރަށާއިބެހޭ މަޢުލޫމާތު ރިޕޯޓް ހަދާ ބެލެހެއްޓުން.
 4. ކައުންސިލްގެ ޕްލޭންތަކުގައިހިމެނޭ ޕްރޮޖެކްޓް ތަކަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުން.
 5. އެކިއެކި ކަންކަމަށް ވަގުތު / ދާއިމީ ބިމާއި އިމާރާތް ދޫކޮށް އެކަންކަން ބެލެހެއްޓުން.
 6. ބޯހިމެނުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
 7. ކައުންސިލް އިދާރާއިންކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި،އިދާރާގެ ރަސްމީ މަސައްކަތްތަކުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާތައް:

އޮފީސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ އެންޑް ފައިނޭންސް،ބިޒްނަސް އެޑްމިނިސްޓްރޭޝަން،ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް،ހިއުމަން ރިސޯސް މެނޭޖްމަންޓް،އިންފޯމޭޝަން ޓެކްނޮލޮޖީ،ލީޑަރޝިޕް

އުޖޫރަ އާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލްތަކާއެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުންނަށްދެވޭ ޢިނާޔަތްތައް ދެވޭނެވެ.އަދި އިތުރުގަޑިގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެފައިސާވެސް ހަމަޖެހިފައިވާ އުސޫލުން ލިބޭނެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭން ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި،ތަޖުރިބާ އާއި، އިންޓަރވިއު

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމުގެ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ދުވަހަކާއިތަން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް މިއިދާރާގެ ފަރާތުން އަންގާނެވެ. އަދި އިންޓަރވިއު ކުރުން އަންނަ މެއި މަހުގައި އޮންނާނެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ގދ.ވާދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެވެ. އަދި ސީއެސްސީ ގެ ވެބްސައިޓުން www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެވެ. )
 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން މަޤާމަށް ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

( ހ ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓް ތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕޮރްގްރާމް ތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕޮރްގްރާމް ތަކުގެއެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ )

( ށ ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމްދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕޮރްގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ. ) ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި

 

 ޓްރާންސްކްރިޕްޓުގެ ކޮޕީ

( ނ ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުންހިންގާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

 1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތު ތަކުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.
 2. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. ( ވަޒީފާ އަދާކުރި މުއްދަތާއި،ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ )
 3. ވަޒީފާއަށްއެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ އަދި ލިޔެފައިވާ ލިޔުންތައްކިޔަންއެދޭފަދަ ކޮޕީ.
 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މިވަޒީފާއަށް އެދޭފަރާތަކުން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމްއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 2018 މެއި 08 ވާ އަންގާރަ ދުވަހުގެ 13:00 ގެކުރިން ގދ.ވާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލުމާތު:

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަނދު ނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށެވެ.

 

23 އޭޕްރީލް 2018

 

 

                                                     މުޙައްމަދު ވަޙީދު

                                                    ކައުންސިލްގެ ރައީސް

23 އޭޕްރިލް 2018
ހޯދާ