މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

                              އިޢުލާން

 

           

                 ރ. ދުވާފަރު ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތާއި މިއިދާރާއާއި ދެމެދު ހަދާފައިވާ އެގްރިމެންޓުގެ މުއްދަތު ހަމަވާން ކައިރިވެފައިވާތީ، މިއިދާރާގެ ސެކިއރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

                 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބިޑް ހުށައެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

29 އޭޕްރީލް 2018

އާދިއްތަ

މެންދުރު 13:30

ބިޑް ހުށައެޅުން

03 މެއި 2018

ބުރާސްފަތި

މެންދުރު 13:30

                އަންދާސީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވެމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ފޮނުވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • އަގު  %70
  • މުއްދަތު 
  • މަސައްކަތުގެ ތަޖުރިބާ
  • ކުންފުނި  %5   (ކުންފުނި ވާންޖެހޭނީ މީރާގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކަށެވެ.)

                ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

                        07 ޝަޢުބާން 2018

                        23 އޭޕްރިލް 2018

 

                                                          

 

23 އޭޕްރިލް 2018
ހޯދާ