މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ޑިޖިޓަލް ކެމެރާއެއް ގަންނަން ބޭނުން ވެއްޖެ (2 ވަނަ ގޮވާލުން)

މި ކައުންސިލުން އައިޑީ ކާޑުގެ ޚިދްމަތް ދިނުމަށް ބޭނުންވާ ޑިޖިޓަލް ކެމެރާއެއް އަމިއްލަ ތަކެތީގައި ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢްލާނާއި ގުޅިގެން ލިބުނު އަންދާޒީ ހިސާބުތައް ބޮޑުކަމަށް ފެންނާތީވެ އެ އިޢްލާން (ނަންބަރު (IUL)301/301/2018/24 ) ބާތިލްކޮށް އަލުން އިޢްލާން ކުރަމެވެ. މި ކެމެރާ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢްލޫމާތު ޝީޓު މި އިޢްލާނާއި އެކުގައި ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ. މި ކެމެރާ ވިއްކުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 22 އޭޕްރީލް 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް މެއިލްގެ ޒަރީޢާއިން އަގު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި އިދާރާއަށް މަޢްލޫމާތު ހޯދުމަށް ރިކުއެސްޓް ކުރުމަށާއި އަގު ހުށަހެޅުއްވުމަށް މެއިލް ކުރައްވާނީ [email protected]  އަށެވެ. މި ކަމާއި ބެހޭގޮތުން އިތުރު މަޢްލުމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ފޯން ނަންބަރު 6580071 އާއި ގުޅުއްވުން އެދެމެވެ.

                           29 ރަޖަބް     1439

15 އޭޕްރިލް 2018
ހޯދާ