ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
މުދިމް

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

GIL/IUL/2018/73ނަންބަރު:

ތާރީހް: 4 އޭޕްރީލް 2018

ވަޒީފާގެ ފުރުސަތު

މަޤާމުގެ ނަން:  މުދިމް

މުސާރަ: 12,000.00ރުފިޔާ

ފުޑް އެލަވަންސް: 1500.00 ރުފިޔާ

އެޓެންޑްސް އެލަވަންސް: އަންނަ ކޮންމެ ދުވަހަކަށް 20/- ރުފިޔާ

ހުކުރު އެލަވަންސް: ކުރާ ކޮންމެ ހުކުރަކަށް 500.00 ރުފިޔާ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު ސައިޓް

ޝަރުޠު: 

  • މުދިމުކަމުގެ ސަނަދު/ އިމާމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވުން.
  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ ފަރާތެއް ކަމުގައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކޮންމެ ނަމާދުވަގުތެއްގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅުކުރުމާއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް، އެކަން ރަނގަޅުކުރެވޭތޯ ބެލުން.
  • މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެފަދަ ޕްރޮގްރާމެއް ހިނގާނަމަ، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  • މިސްކިތުގެ ސާފުޠާހިރު ކަން ކަށަވަރު ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ  ސެޓްފިކެޓުތަކުގެ ކޮޕީ
  • ކުރީގައި ވަޒީފާ އަދާކޮއްފައިވާތަނުގެ ލިޔުން.
  • ސުންގަޑި:   ި: 11 އޭޕްރީލް 2018 ވަނަ ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހު 08:00 އިން 15:00 އަށެވެ.)
  • ހުށަހަޅަންވީ ތަން: ހ.ހުޅުގަލި ހަތަރުވަނަ ފަންގިފިލާާ، ކަރަންކާމަގު މަގު، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3016630 އަށް

އީމެއިލް އެޑްރެސް: [email protected]

 

 

04 އޭޕްރިލް 2018
ހޯދާ