ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މިސްކޫލަށް އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާން ނަންބަރު: GS133/2018/I/005އިޢުލާނުގައި ހިމަނަން ނުޖެހޭ މަޤާމުގެ ޝަރުތެއް ހިމެނިފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-248825 

މަޤާމުގެ ރޭންކް:

GS-3

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެޑްމިނިސްޓްރޭޓިވް ސެކްޝަން

މަޤާމު އޮތް އޮފީސް:

ބ.ކަމަދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ބ.ކަމަދޫ ސްކޫލް

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

މަހަކު -/700 ރުފިޔާ

އިތުރު އިނާޔަތްތައް:        

1-       ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2-       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕްންޝަން ކޮންޓްރިބިއުޝަން.

3-       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ދާއިރާ:        

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ހިއުމަން ރިސޯސް މެނޭޖްމެންޓް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ހުރިހާ ސްޓާފުންގެ ޙާޒިރީ ބެލެހެއްޓުމާއި ޙާޒިރީ ރިޕޯޓް ހެދުން
  • ވަޒީފާ ބަޔާން ތައްޔާރުކުރުން
  • ސީނިއަރ މެނޭޖްމެންޓްގެ އޯވަރޓައިމްގެ ކަންތައް ބެލެހެއްޓުން
  • ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން
  • ސެޕް ތައްޔާރުކުރުމާއި އަޕްޑޭޓް ކުރުން

މަޤާމުގެ ޝަރުތުތައް:

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކްންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ލިބިފައިވާ ތައުލީމާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތު ހުނަރާއި، ޤާބިލްކަން.
  • އިންޓަވިއުގައި މާރކްސް ލިބިފައިވާ ބައިތަކާއި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

1-       ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯރމު

2-       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހު ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4-       ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން

5-       ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާންތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރެއްގައި ޤަބޫލް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގެ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

6-       ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާ ތަމްރީން ތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ

7-       ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިންތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ

8-       މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާ ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 ވަޒީފާއަށް އެދޭ ފޯރމް މި ސްކޫލްގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންވެސް މި ފޯރމް ޑައުންލޯޑު ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯރމާއި ލިޔުންތަށް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ،  [email protected] އެވެ. އެޕްލިކޭޝަން ފޯރމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅަފައި ނުވާނަމަ އެޕްލިކޭޝަން ފޯރމް ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 10 އޭޕްރީލް 2018 އާއި 11 އޭޕްރީލް 2018 އާއި ދެމެދު، މި ސްކޫލްގެ ކޮމްޕިއުޓަރ ލެބް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީހްގައި އިންޓަރވިއުއަށް ހާޒިރުމުވަށް ތަައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާއާއި ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވަންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6600015 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ   [email protected]އަށެވެ.

 28 މާރޗް 2018

11 ރަޖަބު 1439

 

28 މާރިޗު 2018
ހޯދާ