މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

 

އިޢުލާން

 

ވަޒީފާގެ ފުރުސަތު

 

ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 02

ވަޒީފާގެ ގިންތި: ކޮންޓްރެކްޓް (8 މަސްދުވަސް)

 

 

ސެކްޝަން:             އިދާރީ ، އެކަޑެމިކް ސެކްޝަން

މަޤާމް އޮތް އޮފީސް:        ރ. މަޑުއްވަރީ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:  މަޑުއްވަރީ ސްކޫލް / ރ. މަޑުއްވަރި

މުސާރަ:                3100.00 ރުފިޔާ

ސަރވިސް އެލަވަންސް:      1000.00 ރުފިޔާ

 

 

އިތުރު އިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ.

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސްކޫލުގެ އޮފީހާއި އެހެނިހެން ރޫމުތައް ކުނިކަހައި، ދޮރުތައް ފޮޅައި ސާފުކޮށް މޮޕްލުން.
  2. ސްކޫލުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  3. ސްކޫލުގައި ހުރި ފަރުނީޗަރާއި، ކޮމްޕިއުޓަރާއި، ޕްރިންޓަރުފަދަ ތަކެތި ހިރަފުސް ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  4. ދަރިވަރުން ސްކޫލުގައި ތިބޭ ވަގުތުތަކުގައި، ދަރިވަރުންނަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިވުން.
  5. ސްކޫލުން ބާއްވާ އެކިއެކި ހަރަކާތްތަކަށް ސްކޫލުގެ ގޯތިތެރެ ތައްޔާރުކުރުމާއި، ޖަލްސާތަކާއި މުބާރާތްތަކަށް ތަން ޒީނަތްތެރިކުރުމަށް ކުރާ މަސައްކަތްތައް ކުރުން.
  6. ކުނިކަހައި ފޮޅައި ސާފުކުރާ ސަރަޙައްދުގެ ކުނި ނައްތައިލުން.
  7. އިދާރާއިން އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ލިޔެކިޔުންތައް ހަވާލުކުރުން.
  8. ސްކޫލުގެ އާބާތުރަ ފިލުވުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެހީތެރިވެ ދިނުން.
  9. ސްކޫލުގެ މަޤްޞަދު ހާސިލުކުރުމަށާއި، މުވައްޒަފުންގެ އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށް ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.
  10. ސްކޫލުގެ ގޯތީގައިވާ ބޮޑެތި ގަސްތައް ކޮށުމާއި، ބަގީޗާގެ ގަސްތައް ކޮށުމާއި، އުފެދޭ ކުނި ނައްތައިލުން.

ސްކޫލުގެ ފުރާޅުތަކާއި، ދިޔަދޮވިތަކާއި، ފެންތާނގީތައް ސާފުކުރުން.

 

 

މަޤާމުގެ ޝަރުތުތައް: 

                                                                                                                                                                       

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް: 

ހ.ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ގާބިލްކަމާއި ސިފަތަކަށެވެ.

                       

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މަޑުއްވަރީ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ )

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

-       މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 މާރިޗު 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މަޑުއްވަރީ ސްކޫލް އޮފީހަށެވެ.

-       ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected]  އެވެ.

-        އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

އިންޓަރވިއު ކުރުން:

-          މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 28 މާރިޗު 2018 އާއި 29 މާރިޗު 2018 އާ ދެމެދު، މަޑުއްވަރީ ސްކޫލްގައެވެ. މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން  ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް)  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %25(ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580146 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރާނީ،

[email protected] އަށެވެ.

ނޯޓް:

އިންޓަވިއުއަށް ހާޒިރުވާއިރު، ލިބިފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

18 މާރިޗު 2018
ހޯދާ