ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޅިދަނޑިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

                ކުރެންދޫ އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހޮޅިދަނޑިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަމްބަރު: (IUL)328-ED/328/2018/14  (17 ފެބްރުވަރީ 2018) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެއްފަރާތުން ހަޒިރުވެފައިވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

             

ކުރެންދޫ އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހޮޅިދަނޑިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

                 ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެ، ވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކާއި ގަޑިތަކަށް މަޢްލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢްލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މަޢްލޫމާތު ސާފުކުރުން

28 މާރިޗު 2018

ބުދަ

11:30 (ހެނދުނު)

އަންދާސީ ހިސާބު ހުށަހެޅުން

10 އޭޕްރީލް 2018

އަންގާރަ

11:30 (ހެނދުނު)

 

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

18 މާރިޗު 2018
ހޯދާ