އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ އެންވަޔަރަންމަންޓް އެނަލިސްޓް

                        އިޢުލާން

                                                  ނަންބަރު:

(IUL)203-FINHUM/1/2018/5 

 

 

 

 

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ސީނިއަރ އެންވަޔަރަންމަންޓް އެނަލިސްޓް

 

މަޤާމުގެ ނަންބަރު

J-222189

 

ބޭނުންވާ އަދަދު

1 (އެކެއް)

 

މަޤާމުގެ ގިންތި

 ދާއިމީ

 

މަޤާމުގެ ރޭންކް

އެމް.އެސް 3

 

މަޤާމުގެ ކްލެސިފިކޭޝްން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ސެކްޝަން

އެންވަަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަރވޭޝަން ސެކްޝަން

 

މަޤާމް އޮތް އޮފީސް

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ

 

ވަޒިފާ އަދާކުރަންޖެހޭ ތަން

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ / މާލެ

 

މުސާރަ

7035 (ހަތްހާސް ތިރީސް ފަހެއް) ރުފިޔާ

 

ސަރވިސް އެލަވަންސް

2000 (ދެހާސް) ރުފިޔާ

 

ސަޕޯޓިންގ ކޯ އެލަވަންސް 2

900 (ނުވަސަތޭކަ) ރުފިޔާ

 

އިތުރު އިނާޔަތްތައް

 

  1. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

(މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްޔައް)

 

 

މަޤާމުގެ މަސްއޫލިޔަތުތަކާއި ވާޖިބުތައް

1-     ތިމާވެށްޓާއިބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކުރަންޖެހޭ ތަންތަނާއި، ދިރޭތަކެތީގެ ނަސްލުތަކުގެ ތެރެއިން ހިމާޔަތްކުރަންޖެހޭ ތަކެތި ކަނޑައަޅައި އެތަންތަނާއި އެތަކެތި ބެލެހެއްޓުމުގެ ކަންތައްތައް ރާވައި އިންތިޒާމްކުރުން.

2-       ރާއްޖޭގެ ރަށްރަށް ގިރުމާއި ޤުދުރަތީގޮތުންނާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށިގެ މައްސަލަތަކާއިބެހޭ މަޢުލޫމާތުގެ އަލީގައި އެކަންކަމާއިމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭފަރާތްތަކަށް ފަންނީ އެހީތެރިކަން ދިނުން.

3-       ރާއްޖޭގެ ތިމާވެށްޓަށް ލިބޭގެއްލުންތަކުގެ ބަދަލުހޯދުމުގެ ގޮތުން، ތިމާވެށީގެ އަގު ވަޒަންކުރުމުގެ ނިޒާމެއް ތައާރަފްކޮށް، އެކަމާއިބެހޭކަންތައްތައް ހިންގުން.

 

4-       ސައިންޓިފިކް ދިރާސާތަކާއި ތަޙްލީލްތައްކޮށް، ކަމާއިބެހޭ "ނޮލެޖްބޭސް" އެއް ގާއިމްކޮށް، ބަލަހައްޓައި، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެއިންތިޒާމް ހަމަޖެއްސުން.

5-       ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމަށާއި، ނެރުގޮށްވުންފަދަ ކަންކަމުން ކުރާ އަސަރުތައް ދެނެގަނެ، މިކަންކަން ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ކުރެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެއްކުރެވޭ މަޢުލޫމާތާއި ތަޖުރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.

6-       ދިރޭތަކެތީގެ ނަސްލުތަކާއި އެތަކެތީގެ މާހައުލުތަކާބެހޭ ދިރާސާކޮށް، އެއްކުރެވޭ މަޢުލޫމާތާއި ތަޖްރިބާ ކަމާބެހެފަރާތްތަކަށް ފޯރުވައިދިނުން.

7-       ދިވެހިރާއްޖޭގެ ފިޒިކަލް އޯޝަނޮގްރަފީއާއި ބެހޭ ކަންތައްތައް ރާވައިހިންގައި ތަރައްގީކޮށް ބެލެހެޓުން.

 

 

މަޤާމުގެ ޝަރުޠު

  1. 1.      ތިމާވެށީގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައިި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

     ނުވަތަ

2.ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް        ހާސިލިކޮށްފައި ވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

    ނުވަތަ 

3. ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި  ވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

 

      ނުވަތަ 

4.ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުން.

            ނުވަތަ

5. ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ތިމާވެށީގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައިވުން.
  2. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަވިއު / ޕްރެކްޓިކަލްސް).

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-       ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށްއެދޭ ފޯމު.

2-       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

3-      ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4-       ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-       ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-       ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-     ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާ އަށް އެދޭފޯމް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ. އަދި މި އޭޖެންސީގެ www.epa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މާރިޗު 25 ވާ އާދީއް ދުވަހުގެ 12.00ގެ ކުރިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީ-މެއިލް އެޑްރެހަކީ[email protected]   އެވެ. ފެކްސް ނަންބަރަކީ، 3335953 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން، އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

ޝޯޓް ލިސްޓް ކުރުން

 

މި ވަޒީފާ އަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

 

 30%   (ތިރީސް އިންސައްތަ).

 

އިތުރު މައުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335949 ނަންބަރުގެ ފޯނާއެވެ. ފެކްސް ނަންބަރަކީ، 3335953 އެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

 

  27  ޖުމާދަލްއާޙިރާ  1439

                                         15  މާރިޗު      2018

 

 

 

339

15 މާރިޗު 2018
ހޯދާ