ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުކުރާނެ ފަރާތެއް ހޯދުމާއިބެހޭ:

އިޢުލާން

ގދ. ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުކުރާނެ ފަރާތެއް ހޯދުމާއިބެހޭ:

ނަޑެއްލާ ރައްޔިތުންގެ ނަމުގައި ލިޔެދެއްވާފައިވާ ގދ. ކަޅެހިގިއްލާއިން ލިބޭ އާމްދަނީއިން ފައިސާ ދައްކާގޮތައް ގދ. ކަޅެހިގިއްލާ ބެލެހެއްޓުން 15 މާރިޗް 2018 އިން ފެށިގެން ކުރިއަށް އޮތް 01 އަހަރު ދުވަހުގެ މުއްދަތައް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރައިގެ ނަންބަރު: (IUL)418-AS/418/2018/11 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މި ކަމަށް އެދި ސިޓީ ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް ގދ. ކަޅެހިގިއްލާ ބެލެހެއްޓުން 22 މާރިޗް 2018 އިން ފެށިގެން ކުރިއަށް އޮތް 01 އަހަރު ދުވަހުގެ މުއްދަތައް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ. މިގޮތުން ކަޅެހިގިއްލާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުވާން އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުކުރުމަށް ކައުންސިލުން ނިންމާ ފަރާތަކާއި ކައުންސިލާއި ދެމެދު ވެވޭ ދެފަރާތް އެއްބަސްވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ވީމާ، ގދ. ކަޅެހިގިއްލާއިން ލިބޭ އާމްދަނީއިން، މަހެއްގެ މައްޗަށް -/4000 ރުފިޔާ (ހަތަރުހާސް ރުފިޔާ) އަށްވުރެ މަތިން ރައްޔިތުންގެ މާލިއްޔަތައް ފައިސާ ދައްކައިގެން އެރަށް ބެލެހެއްޓުން ޙަވާލުވެ، ފަޅު ރަށްރަށާއިބެހޭ ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން މަސައްކަތްކޮށްގެން އެ ރަށުން އާމްދަނީ ހޯދުމަށް ބޭނުންވާ ފަރާތްތަކުން މަދުވެގެން -/50 ރުފިޔާ (ފަންސާސް ރުފިޔާ) އިތުރުވާގޮތައް ހުށަހަޅާ ޢަދަދެއްގެ ގޮތުގައި މަހެއްގެ މައްޗަށް ދައްކާނެ ފައިސާގެ ޢަދަދު ބަޔާންކޮށް މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި "ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުވުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުވުމަށް އެދި ހުށަހަޅާ ސިޓީތައް ބަލައިގަތުން އޮންނާނީ 15 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. މިކަމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ސިޓީ ކެނޑުމަށް ހަމަޖެހިފައިވަނީ ސިޓީ ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައި ހަމަ އެގަޑީގައެވެ.

މިކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގަތުމުން ނުވަތަ މިއިދާރާގެ ނަންބަރު: 6840007 ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

19 ޖުމާދަލްއާޚިރާ 1439

07 މާރިޗް 2018

07 މާރިޗު 2018
ހޯދާ