މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީރުފެނުގެ ނިޒާމް ޤާއިމް ކުރުމަށް ކަނޑައެޅި ބިމުގައި ހުރި ރުއްގަހުގެ މިލްކުވެރިން ހޯދުން

އިޢުލާން

މީރުފެނުގެ ނިޒާމް ޤާއިމް ކުރުމަށް ކަނޑައެޅި ބިމުގައި ހުރި ރުއްގަހުގެ މިލްކުވެރިން ހޯދުން

ގްރީން ކުލައިމެޓް ފަންޑްގެ ހިލޭ އެހީގެ ދަށުން މިރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާ މީރުފެނުގެ ނިޒާމްގެ ޢިމާރާތްތައްކުރުމަށް ކަނޑައެޅި ބިމުގައި ހުރި ރުއްގަހުގެ މިލްކުވެރިން ޔަޤީންކުރަން ބޭނުންވެއެވެ. އެބިމަކީ މިރަށު އިރުމަތި އަވަށު މަތިވަރުގެ އާއި ވައިޓްއެމިލީގެ އާއި އިންވެގެން އިރުން އޮތް ބިމާއި ވައިޓްއެމިލީގެ ދެކުނުން އޮތް ބިމެވެ.

ވީމާ، ރުއްގަހާއި ގުޅޭ ލިޔުމެއް އޮތްނަމަ އެލިޔުމެއް، ނުވަތަ އެރުއްގަހަކީ ވަކިމީހެއްގެ ރުއްގަސްކަމަށް ހެކިވާނެ ދެމީހުންނާއިއެކު، 2018 މާރިޗް 8 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މިމުއްދަތުގައި އެބިމުގައި ހުރި ރުއްގަހުގެ މިލްކުވެރިކަން ޔަޤީންކޮށް ނުދެވިއްޖެނަމަ، އެ ރުއްގަހަކީ ބަންޑާރަ ރުއްގަސްކަމުގައި ބެލޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

04 މާރިޗު 2018

 

 

04 މާރިޗު 2018
ހޯދާ