ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ ބަނދަރާއި، އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިހުރި ބައްތިތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ކުރެންދޫ ބަނދަރާއި، އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިހުރި ބައްތިތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން:

 

               ކުރެންދޫ ބަނދަރާއި، އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިހުރި ބައްތިތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަމްބަރު: (IUL)328-ED/328/2018/11  (13 ފެބްރުވަރީ 2018) އިޢުލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ ވިޔަފާރި ހުއްދަ ނެތް ބޭފުޅުން ކަމުގައިވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

             

               މިރަށުގެ ބަނދަރާއި އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިހުރި ބައްތިތައް، މި އިދާރާއިން މައިގަނޑު ތަކެތި ދިނުމުން، 10 މަސް ދުވަހުގެ މުއްދަތަށް، މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

                 ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެ، ވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކާއި ގަޑިތަކަށް މަޢްލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢްލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މަޢްލޫމާތު ސާފުކުރުން

08 މާރިޗު 2018

ބުރާސްފަތި

11:00 (ހެނދުނު)

އަންދާސީ ހިސާބު ހުށަހެޅުން

19 މާރިޗު 2018

ހޯމަ

11:00 (ހެނދުނު)

 

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

 

                09   ރަބީޢުލްއާޚިރު  1439

                25   ފެބްރުވަރީ   2018 

25 ފެބުރުވަރީ 2018
ހޯދާ