ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
18 ރޯހައުސް ގައި ކުރަންހުރި މަރާމާތުތައް ކުރުން

  ކަނބޯރަނި ހިޔާގައި މިހާރު ނިމިފައިވާ 18 ރޯހައުސް ގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ  ފަރާތެއް

ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު

ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި

ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

      މައުލޫމާތު ސާފުކުރުން – 28 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ   13:00

      އަންދާސީ ހިސާބު ހުށަހެޅުން – 07 މާރޗް 2018 ވާ ބުދަ ދުވަހުގެ 13:00

            މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ

ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީ ހިސާބު

ހުށަހެޅުއްވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ ބަދަލުގައި ފޮނުވި ފަރާތެއްކަން އެގޭނެ

ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ، ވަޑައިގަންނަވާ ކޮންމެ

ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ.

22 ފެބުރުވަރީ 2018
ހޯދާ