މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ސީސީޓީވީ ސަރވައިލެންސް ސިސްޓަމެއް އަމިއްލަ ތަކެތީގައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ސީސީޓީވީ ސަރވައިލެންސް ސިސްޓަމެއް އަމިއްލަ ތަކެތީގައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް 18 ޖަނަވަރީ 2018 ގައި ކުރެވުނު ނަމްބަރ: (IUL)23-AP/23/2018/11 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ދެ ބޭފުޅުން ކަމަށްވާތީ ވާދަކުރާނެ ތިން ފަރާތް ނެތުމުން އެ އިއުލާން ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 01 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

05 ޖުމާދަލްއާޚިރު 1439

                          

21 ފެބުރުވަރީ 2018
ހޯދާ