ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް ވަޒީފާގެ ފުރުޞަތު

މަޤާމް :ވަގުތީ މުދިމް/ އިމާމް (ވޭޖް އެމްޕްލޮއިމަންޓް)
ބޭނުންވާ އަދަދު :2

މަޤާމް:

އިމާމް / މުދިމު (ވޭޖް އެމްޕްލޯއިމަންޓް)

ބޭނުންވާ ޢަދަދު:       

2 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ 

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ. ނަޑެއްލާ މަސްޖިދުލް ޙަޟާރާ މިސްކިތުގައި

މަޤާމްގެ ރޭންކް، ދުވާލަކު މަސައްކަތް ކުރަން ޖެހޭ ގަޑީގެ އަދަދު އަދި   މަސައްކަތް ކުރާ ގަޑިއިރަކަށް ޖެހޭ ފައިސާގެ އަދަދު

މަޤާމް:

ވަޒީފާގެ ޝަރުތު

ރޭންކް

ދުވާލަކު މަސައްކަތް ކުރަން ޖެހޭ ގަޑީގެ ޢަދަދު

މަސައްކަތް ކުރާ ގަޑިއިރަކަށް

އިމާމް

ޝަރުތު ހަމަވާނަމަ

GS3

5 ގަޑިއިރު

56.00 ރުފިޔާ

މުދިމް (އިމާމްކަމުގެ ޝަރުތު ހަމަނުވާ)

ޝަރުތު ހަމަވާނަމަ

GS1

5 ގަޑިއިރު

48.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްތުތައް :

  1. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދު ކުރުން.
  2. ކައުންސިލްގެ އިދާރާއިން އަންގައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދާއި ކަށުނަމާދު ކުރުން.
  3. ރަމަޟާންމަހު ތަރާވީޙް ނަމާދުކުރަން މިސްކިތެއް ކައުންސިލްގެ އިދާރާއިން ހަމަޖައްސާފައި ނުވާނަމަ، މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރުން.
  4.  މިސްކިތުގައި މަސައްކަތުމީހުން  މަސައްކަތްކުރާ ނުކުރާގޮތްބަލައި އެމީހުންލައްވާ  މަސައްކަތް ކުރުވުން.

މަޤާމުގެ ޝަރުޠުތައް:

  1. އިމާމް ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ
  2. މުދިމް ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  3. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  4. ކަތީބުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  5. ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ
  6. ބަންގި ގޮވައި، އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށް ދެވޭ އިމްތިޙާނަކުން ފާސްވުން (މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ) ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނަޑެއްލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ފެބްރުވަރީ2018ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 25ފެބްރުވަރީ2018 އާއި 28ފެބްރުވަރީ2018 އާ ދެމެދު ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާގެ 6840007 ނަންބަރު ފޯނަށެވެ.

15 ފެބުރުވަރީ 2018
ހޯދާ