ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަވާއިދާއި ޚިލާފަށް ދޮންވެލި ނަގަމުންދާ މައްސަލަ

މިހާރަކަށް އައިސް މިއަތޮޅު ތިނަދޫއާއި ކާޑެއްދޫއާއި އަދި ކަފެނާ މާގޮޑެރެހާ މިރަށްރަށުގެ  ފަޅު ތެރެއިންނާއި ގޮނޑުދޮށްތަކުން ގިނަ އަދަދަކަށް ގަވާއިދާ ޚިލާފަށް ބައެއް ފަރާތްތަކުން ދޮންވެލި ނަގައި ވިޔަފާރީގެ އުސޫލުން އަތޮޅުގައި ހިމެނޭ ރިސޯޓްތަކަށާއި އެހެން އަތޮޅުތަކުގެ ރަށްރަށަށް ދޮންވެލި ވިއްކަމުން ގެންދާކަމުގެ މަޢުލޫމާތު މިކައުންސިލަށް ވަނީ ލިބިފައެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށް ގިރައިގެން ދިއުމާއި ތިމާވެށީގެ ގޮތުން ފަރުތަކާއި ގިރިތަކަށް ވަރަށް ބޮޑެތި ގެއްލުން ވަމުން އެބަދެއެވެ. އަދި ފުވައްމުލަކުގެ ރައްޔިތުންނަށް ދޮންވެލި ލިބުމުގެ ދަތިކަން ހުރުމާއެކު، އެއަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ދޮންވެލި ނެގުމަށް ސަރުކާރާއި މަޝްވަރާ ކުރެވިގެން ވަކި ތަންތަނެއް ވަނީ ކަނޑައެޅިފައެވެ. އަދި މިގޮތަށް ފުވައްމުލަކުގެ ރައްޔިތުންނަށް ބޭނުންވާ ދޮންވެލި ދޫކުރުމުގެ ކަންތައްތައް ކުރިއަށްދާނީ މިކައުންސިލުން ނިންމަވާފައިވާ ގޮތަށް މިކައުންސިލުގެ ހުއްދަ ލިބިގެންނެވެ.

ވީމާ، 01 ޑިސެންބަރު 2013 ވާ އާދީއްތަ ދުވަހުން ފެށިގެން މިދެންނެވި ރަށްރަށުގެ ފަޅުތެރެއިންނާއި ގޮނޑުދޮށްތަކުން ގަވާއިދާއި ޚިލާފަށް ދޮންވެލި ނަގައި ވިއްކަމުންގެންދާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިކައުންސިލުން އަޅަމުންދާނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

21 މުޙައްރަމް 1435

25 ނޮވެންބަރު 2013
ހޯދާ