މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ލޭންޑް އޮފިސަރ

މަޤާމް: ލޭންޑް އޮފިސަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ލޭންޑް އޮފިސަރ

މަޤާމު ނަންބަރު:

J-253219

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން / ޔުނިޓް:

 

ލޭންޑް ސެކްޝަން

މަޤާމް އޮތް އޮފީސް:

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ، ކ. މާލެ

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35 (މަހަކު)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ އަހަރީ ރިޕޯޓަށް ބޭނުންވާ ލޭންޑް ސެކްޝަންގެ މަޢުލޫމާތުތައް ފޯރުކޮށްދިނުން.

2-      ބިމުގެ މައްސަލަތައް ހައްލު ކުރުމުގައި ކަމާބެހޭ ފަރާތްތަކާއި އެކު ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކޮށް މަޝްވަރާތަކުގައި ބައިވެރިވުން.

3-      ލޭންޑް ސެކްޝަންގެ މަސައްކަތްތަކާއި ގުޅިގެން އެކިފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި ޑޮކިއުމަންޓް ހޯދައިދިނުން.

4-      ބިމުގެ މައްސަލައާއި ގުޅިގެން ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއި، އެމުއައްސަސާތައް މެދުވެރިކޮށް ބިމުގެ ބިމުގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައް ކުރުން.

5-      ބިމުގެ ރަޖިސްޓްރީގެ މަޢުލޫމާތު އެއްކޮށް، ލިބޭ މަޢުލޫމާތު ސައްޙަކަން ކަށަވަރުކޮށް އަޕްޑޭޓް ކުރުން.

6-      ދިވެހިރާއްޖޭގެ ބިމުގެ ދަފްތަރަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް އެލިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

7-      ބިމުގެ ދަފްތަރާއި އާއި ބެހޭގޮތުން ސަރަޙައްދުތަކަށް ފޮނުވާ މައްސަލަތަކާއި ސަރަޙައްދުތަކުން އޮތޯރިޓީއަށް ފޮނުވާ މައްސަލަތަކުގެ ރެކޯޑް ކަނޑައަޅާ އުސޫލެއްގެ މަތިން ދުވަހުން ދުވަހަށް ބެލެހެއްޓުން.

8-      ބިމުގެ ދަފްތަރަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި އެ މަޢުލޫމާތު ބެލެހެއްޓުމާއި ޑޭޓާބޭސް ޤާއިމްކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.

9-      ބިމުގެ މުޢާމަލާއްތައް ހަރުދަނާކުރުމަށް މުރާޖާ ކުރަންޖެހޭ ލިޔެކިޔުންތައް މުރާޖާކޮށް ބަދަލުތައް ގެނައުން.

10-  ހުއްދަދީފައިވާ ބިންތަކުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުމާއި، ހުއްދަދެވިފައިވާ ބިންތައް މެޕްކުރުމުގެ މަސައްކަތްކުރުން.

11-  ކަނޑައެޅިފައިވާ ދާއިރާތަކަށް ބިންދޫކުރުމުގެ މަސައްކަތުގައި އެއްކުރަންޖެހޭ މަޢުލޫމާތުތައް އެއްކޮށް، މަޢުލޫމާތު ޗެކްކޮށް ސައްޙަތޯ ބެލުމުގައި އެހީތެރިވެދިނުން.

12-  ކަނޑައެޅިފައިވާ ދާއިރާތަކަށް ބިންދޫކުރުމުގެ މަސައްކަތުގައި ޕްލޭނިންގެ ޑިޕާޓްމަންޓްޢާއި އެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރުމުގައި އެހީތެރިވެދިނުން.

13-  ކަނޑައެޅިފައިވާ ދާއިރާތަކަށް ބިންދޫކުރުމުގެ މަސައްކަތުގައިދެވޭ ޕްލޭނިންގ ލަފާއި އެއްގޮތަށް ޖަވާބު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. އިންފޮރމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮރމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

  1. އިންފޮރމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 ނުވަތަ

  1. އިންފޮރމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްލޭނިންގ / ސަރވޭ ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ޤާނޫނުތަކާއި ޤަވައިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަންއަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރިވސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.surveyofmaldives.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އުޖާލާހިނގުން، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ފެބުރުވަރީ - މާރިޗު މަހުގެ ތާރީޚެއްގައި، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އުޖާލާހިނގުން، މާފަންނު، މާލެ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

%30 (އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004258 ނަންބަރު ފޯނަށް ނުވަތަ 3004263 ނަންބަރު ފޯނާއެވެ.

25 ޖުމާދުލްޢޫލާ 1439

11 ފެބުރުވަރީ 2018

11 ފެބުރުވަރީ 2018
ހޯދާ