ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ތަމްރީނު

ޓުއަރގައިޑްގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު

ޓުއަރގައިޑްގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް 2018 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ ބެޗް ފެބްރުއަރީ މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ނޭޝަނަލް ސެޓްފިކެޓް 3 އިން "ޓުއަރގައިޑް" ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ.

މިޕްރޮގްރާމް ފުރިހަމަކޮށް، ފާސްވާ ފަރާތްތަކަށް ލިބެނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމް.ކިއު.އޭ) ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެކެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދޫކުރާ "ޓުއަރ ގައިޑް ފާސް" އަށް ހުށަހެޅުމުގެ ތަޢުލީމީ ޝަރުތުހަމަވާނެއެވެ.

 

ކޯސް

ބައިވެރިވުމުގެޝަރުޠު

ކޯހުގެމުއްދަތު

ސެޓްފިކެޓް 3

  • ގްރޭޑް 7 ފުރިހަމަކޮށްފައިވުން (ނުވަތަ އުމުރުން 18 އަހަރު ފުރިފައިވާ އަދި ޓުއަރގައިޑެއްގެ ގޮތުގައި މަސައްކަތްކުރެވޭފަދަ ސިއްހަތެއްހުރި މީހެއް ކަމުގައިވުން)

4 މަސް

 

ކޯހުގެފީ:

(މިއީ ސަރުކާރުން ހިލޭ ހިންގާ ކޯހަކަށްވާތީ ދަރިވަރުން ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.)

 

ހުށަހަޅަންޖެހޭލިޔުންތައް

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ށ- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ.

ނ- ތައުލީމީ ސެޓްފިކެޓް ކޮޕީތައް.

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

 

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް (www.tvet.gov.mv/apply-online/) މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން ފޮނުވުމުގެ ސުންގަޑިއަކީ 2018 ފެބްރުއަރީ 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން.

 

ކިޔެވުން އޮންނަ ވަގުތު

 

މި ތަމްރީނު ޕްރޮގްރާމުގެ ކިޔެވުން އާންމުކޮށް އޮންނާނީ އިރުއޮއްސި 6 އާއި ރޭގަނޑު 10 އާއި ދެމެދުއެވެ.

  

ނޯޓް:  

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 / 3341310 / 3347422ފޯނަށް ގުޅުއްވުން އެދެމެވެ. 

 

08 ފެބުރުވަރީ 2018
ހޯދާ