މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ހައްދުންމަތީ ގަމު ސިނާޢީ ސަރަޙައްދުގެ ގޯތިތަކާއި ބެހޭ

އިޢުލާން

 

 

ހައްދުންމަތީ ގަމުގެ ސިނާޢީ ސަރަހައްދު ރީޕްލޭންކޮށް އެގޯތިތަކާއި ބެހޭ މަޢުލޫމާތު އެއްކޮށް ދިރާސާތަކެއް މިއޮތޯރިޓީއިން ދަނީ ކުރަމުންނެވެ. އެހެންކަމުން ލ.ގަމުގެ ސިނާޢީ ސަރަޙައްދުން ގޯތިތައް ލިބިފައިވާ ފަރާތްތަކުން އެ ގޯތިތަކާއި ގުޅޭ ތިރީގައި މިދަންނަވާފަދަ ލިޔުމެއްވާނަމަ އެލިޔުމެއްގެ ކޮޕީ 01 މާރިޗު 2018 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

  1. ގޯތި ޙަވާލުކުރިކަމުގެ ލިޔުން
  2. ގޯތި ލިބުނު ގުރުއަތު ނަމްބަރު ލިޔުން
  3. ރަސްމީއިދާރާއަކުން ދީފައިވާ، އެސަރަޙައްދުން ގޯތި ލިބިފައިވާކަން އެނގޭފަދަ ލިޔުމެއް
  4. ގޯތި ވަކިކޮށްފައިވާނަމަ ވަކިކުރިކަމުގެ ލިޔުން
  5. ގޯއްޗާއިގުޅޭ އެހެންވެސް ލިޔުމެއްވާނަމަ އެ ލިޔުމެއް

މިފަދަ ލިއުން ހުށަހަޅުއްވާނީ، ސިޓީއަކުން ގޯތީގެ ވެރިފަރާތުގެ ނަމާއި، އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު އެނގޭގޮތަށް މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީއަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުން، [email protected] އީ މެއިލްއަށް ފޮނުވުމަށް ދަންނަވަމެވެ.

 

15 ޖުމާދަލްޢޫލާ 1439

01 ފެބުރުވަރީ  2018

01 ފެބުރުވަރީ 2018
ހޯދާ