މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސަޕްލައި އޮފް ވޯރކިން ކްލޯތްސް

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މިކުންފުނީގެ އިޢުލާން ނަންބަރު އަށް MWSC -A/7/ADV/2017/125 ހަވާލާދީ ދައްނަވަމެވެ. 

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން  ސޭޕްޓީ ބޫޓު ހޯދުމަށްކުރި އިޢުލާން ނަންބަރު: MWSC -A/7/ADV/2017/125 އަށް ލިބުނު ސާންޕަލް ތަކުގެ ތެރެއިން ގިނަ ސާންޕަލްތައް މިކުންފުނިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ފެންވަރު ދަށްކަމަށްވާތީވެ ބަޔާންކުރެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެެ.

ވީމާ' ތިރީގައި ތަފްސީލްކުރެވިފައިވާ ތަކެތި ފޯރުކޮށްދޭން ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އަލުން އަގު ހުށަހެޅުމަށް ހުޅުވާލަމެވެ.

 

No.

Description

Qty

UoM

Color

1

(Safety shoes (high quality

695

Nos

Black

 

ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތު؛

  • އަގު: ހުށަހަޅާ އަގު ވާންވާނީ މިކުންފުނީގެ ހެޑް އޮފީސް ސައިޓަށް މިތަކެތެ ފޯރުކޮށްދެވޭނެ އަގަށެވެ. މީގެ އިތުރުން ކޮންމެ އައިޓަމެއްގެ އަގު ހުށަހަޅަން ވާނީ ވަކި ވަކި ކޯޓޭޝަންގެ ގޮތުގައެވެ. ކޮންމެ ކޯޓޭޝަނެއްގައި ވެސް ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަން ވާނެއެވެ.
  • ސާމްޕަލް: ހުށަހަޅާ އަގާ އެކީ ތަކެތީގެ ސާމްޕަލް ހުށަހަޅަންވާނެއެވެ.
  • ފޯރުކޮއްދެވޭނެ މުއްދަތު: ކޯޓޭޝަންގައި ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު ބަޔާން ކުރަންވާނެއެވެ.
  • ޓެކްނިކަލް މަޢުލޫމާތު: އައިޓަމްތައް އިވެލުއޭޓްކުރުމަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މަޢުލޫމާތު ހިމަނަންވާނެއެވެ.
  • ޕޭމަންޓް ޓަރމްސް: ކޯޓޭޝަންގައި ޕޭމަންޓް ޓާރމްސް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • ކޯޓޭޝަންގެ މުއްދަތު: ކޯޓޭޝަންގައިވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީ/ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެވޭނެ ފަރާތެއްގެ ނަން، މަގާމް އަދި ގުޅޭނެ ފޯން ނަންބަރު ހިމަނަންވާނެއެވެ.

 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު އެމް.ޑަބްލިއު.އެސް.ސީ އަށް ލިބިގެންވެއެވެ. އަދި ހަމަމިއާއެކު މި އިޢުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3209 332 ނަންބަރު ފޯނު މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް އަށެވެ.

 

މަޢުލޫމާތު ސާފުކުރުން:

މިތަކެތި ސަޕްލައިކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 01 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް (ފެން ބިލްޑިންގ ފަސްވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ.

 

ކޯޓޭޝަން ހުޅުވުން:

ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 07 ފެބުރުއަރީ 2018 ވާ ބުދަ ދުވަހު 11:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް (ފެން ބިލްޑިންގ ފަސްވަނަ ފަންގިފިލާ) ގައި، ކޯޓޭޝަން ހުށްހަޅުއްވާ ފަރާތްތްކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަނެއް ބާތިލްކުރެވޭނެއެވެ.

ކޯޓޭޝަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.

       ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

      މާލޭ ވޯޓައ އެންޑް ސުވަރޭޖް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް        

      "ސަޕްލައި އޮފް ވޯރކިން ކްލޯތްސް"

 

ވީމާ، މިތަކެތި ސަޕްލައިކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 01 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 07 ފެބުރުއަރީ 2018 ވާ ބުދަ ދުވަހު 11:00 އަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ.

 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

 

30 ޖަނަވަރީ 2018
ހޯދާ