އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ

                        އިޢުލާން

                                                  ނަންބަރު:

(IUL)203-FINHUM/1/2018/2 

 

 

 

 

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑިރެކްޓަރ

 

މަޤާމުގެ ނަންބަރު

J133935

 

ބޭނުންވާ އަދަދު

1 (އެކެއް)

 

މަޤާމުގެ ގިންތި

 ދާއިމީ

 

މަޤާމުގެ ރޭންކް

އީ.އެކްސް 1

 

މަޤާމުގެ ކްލެސިފިކޭޝްން

ޑިރެކްޓަރ

 

ސެކްޝަން

އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް ސެކްޝަން

 

މަޤާމް އޮތް އޮފީސް

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން  އެޖެންސީ

 

ވަޒިފާ އަދާކުރަންޖެހޭ ތަން

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ / މާލެ

 

މުސާރަ

8835 (އައްހާސް އައްސަތޭކަ ތިރީސް ފަހެއް) ރުފިޔާ

 

ސަރވިސް އެލަވަންސް

2000 (ދެހާސް) ރުފިޔާ

 

އިތުރު އިނާޔަތްތައް

  1. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިޔަތުތަކާއި ވާޖިބުތައް

  1. އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް އަދި އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަންގެ ވޯރކްޕްލޭން އެކުލަވާލުމާއި، ތަންފީޒު ކުރުން.
  2. އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް އަދި އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަންގެ ބަޖެޓް އެކުލަވާލުން.
  3. އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް އަދި އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަންގެ އެސް.އޯ.ޕީތައް ހަދައި ތަންފީޒު ކުރުން.
  4. އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް އަދި އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުން.
  5. މި އޭޖެންސީން ތަންފީޒުކުރާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ރައްޔިތުންނާއި ވިޔަފާރި ކުންފުނިތައް އަހުލުވެރި ކުރުން.

 

  1. ތިމާވެއްޓާއިބެހޭ ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުމުގައި އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް އަދި އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި ސެކްޝަންގެ މަސައްކަތާއިގުޅޭ ޤަވާއިދުތައް ތަންފީޒު ކުރުން.

 

މަޤާމުގެ ޝަރުޠު

1-      ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ތިމާވެށީގެ މަަސައްކަތުގެ ދާއިރާއެއްގައިި 6 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

       ނުވަތަ

  1. 2.  ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާޞިލު ކޮށްފައިވުމާއެކު، ތިމާވެށީގެ މަަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ 

  1. 3.  ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ޕްރެޒެންޓޭޝަން ހުށަހެޅުން

 

  1. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ޕްރެޒެންޓޭޝަންއެއް ހުށަހަޅަންވާނެއެވެ.
  1. ޕްރެޒެންޓޭޝަން ދޭނީ އެކަމަށް ބޭނުންކުރެވޭ ސޮފްޓްވެއަރ އެއް މެދުވެރިކޮށް ނުވަތަ ހޭންޑްއައުޓްގެ އެހީގައެވެ.
  2. ޕްރެޒެންޓޭޝަން ތައްޔާރުކުރައްވާނީ ދިވެހި ބަހުންނެވެ.
  3. ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުންވެސް ޕްރެޒެންޓޭޝަން ހުށަހެޅިދާނެއެވެ.
  4. ޕްރެޒެންޓޭޝަންގެ ދިގުމިނަކީ 15 މިނެޓެވެ. ޕްރެޒެންޓޭޝަނަށް ޕޮއިންޓް ދިނުމުގައި ބަލާނީ ހުށަހަޅާ ޕްރެޒެންޓޭޝަނުގެ ކޮންޓެންޓާއި، މުއާމަލާތު ކުރުމުގެ ޤާބިލު ކަމަށެވެ.

 

 

ޕްރެޒެންޓޭޝަންގައި ހިމަނަންޖެހޭނެ ބައިތައް

 

  1. ޕަރސަނަލް ޕްރޮފައިލް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ކުރު ތައާރަފެއް).
  1. ވަޒީފާގެ ދާއިރާއިން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި އޭގެ ނަތީޖާތައް.
  2. ވަޒީފާއަށް ކުރިމަތިލާ އިދާރާގެ ކުރިމަގު ބިނާކުރާނެ ގޮތުގެ ތަސައްވަރު.
  3. ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް އިންސާނީ ވަސީލަތް ބިނާކުރާނެ ގޮތުގެ ތަސައްވަރު.
  4. ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށްޓަކައި ފައިނޭންސް މެނޭޖްކުރާނެ ގޮތުގެ ތަސައްވަރު.
  5. ވަޒީފާގެ މަސައްކަތުގައި ކުރިމަތިވާނެ ކަމަށް ފެންނަ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް.
  6. ކެންޑިޑޭޓް ކުރިމަތިލާފައިވާ ވަޒީފާއަށް އެންމެ ގާބިލުވާ ކަމަށް ދެކެވަޑައިގަންނަވާ ސަބަބު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ތިމާވެށީގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައިވުން.
  2. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަވިއު / ޕްރެކްޓިކަލްސް).

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-       ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށްއެދޭ ފޯމު.

2-       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

3-      ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4-       ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-       ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-       ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-     ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާ އަށް އެދޭފޯމް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ. އަދި މި އޭޖެންސީގެ www.epa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ފެބްރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ 12.00ގެ ކުރިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީ-މެއިލް އެޑްރެހަކީ[email protected]   އެވެ. ފެކްސް ނަންބަރަކީ، 3335953 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން، އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

ޝޯޓް ލިސްޓް ކުރުން

 

މި ވަޒީފާ އަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

 

 30%   (ތިރީސް އިންސައްތަ).

 

އިތުރު މައުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335949 ނަންބަރުގެ ފޯނާއެވެ. ފެކްސް ނަންބަރަކީ، 3335953 އެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

 

 07  ޖުމާދަލްޢޫލާ   1439

                                        24  ޖެނުއަރީ    2018

 

         

 

 

 

 

339

24 ޖަނަވަރީ 2018
ހޯދާ