ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ކޮޓަރި، ސިޓީންގ ރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ އެޕާޓްމަންޓެއް ޢިމާރާތްކުރުން

 

މި އިދާރާގެ އުތުރުން އޮންނަ ހުސްބިމުގައި 02 ކޮޓަރި، ސިޓިންގ ރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ އެޕާޓްމަންޓެއް ޢިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

މި މަސައްކަތައް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފްޞީލް ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6520043 މި ނަންބަރަށެވެ.

 

  1. މަސައްކަތުގެ އަގަށް                                70 ޕޮއިންޓް
  2. މަސައްކަތް ނިންމާނެ މުއްދަތު                         10 ޕޮއިންޓް
  3. މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް        10 ޕޮއިންޓް
  4. މިފަދަ މަސައްކަތުގެ ތަޖްރިބާ                          10 ޕޮއިންޓް

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

23 ޖަނަވަރީ 2018
ހޯދާ