ޑްރަގް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

`

 

ޑްރަގް ކޯޓް

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL-435-A1/1/2018/01

 

ތާރީޚް: 23 ޖަނަވަރީ 2018

 

 


މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް.3

 

ޢަދަދު

1

ސެކްޝަން/ޔުނިޓް: ޖެނެރަލް އެޑްމިނިސްޓްރޭޝާން އެންޑް އެޗް.އާރު ޔުނިޓް

 

މަސައްކަތްކުރަންޖެހޭ ތަން:

ޑްރަގް ކޯޓު / ކ.މާލެ

 

އަސާސީ މުސާރަ:

 4,465/ -ރުފިޔާ

 

އެލަވަންސް:

-          ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

-          ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު:

1-   މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން،

   ނުވަތަ،

2-  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް. 2ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

  • ކޯޓަށް އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް ޖަވާބުދާރީ ވުމާއި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ކަމާބެހޭ ސެކްޝަނަކުން މަޢުލޫމާތު ހޯދާ މަޢުލޫމާތު ދިނުން.
  • އަންނަ ސިޓީއާއި ތަކެތި ބަލައިގަތުން.
  • ކޯޓުން ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުން ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.
  • އެންޓްރީ ކުރުމާއި އެންޓްރީގެ ރެކޯޑްސް ބެލެހެއްޓުމާއި އެންޓްރީ ކުރާ ތަކެތި ސެކްޝަން ތަކަށް ޙަވާލުކޮށް އޭގެ ރެކޯޑްސްތައް ބެލެހެއްޓުން.
  • މުވައްޒަފުންނާ ވެރިންގެ ސަލާމް ނޯޓުކޮށް ދުވަހުން ދުވަހަށް ޙާޟިރީއަށް ނެގުން.
  • ކޯޓުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ދުވަހުން ދުވަހަށް ހޯދާ، ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
  • އޮފީސް އެސިސްޓެންޓުންނާއި މަސައްކަތު މީހުން ނުރަސްމީ ގަޑި ލިޔެ ދިނުމާއި ހުއްދަ ނަގައިދިނުން.

 

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

 

1-   ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް

2-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5-   އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި ރޭންކާއި، މަޤާމްގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިއުންތަކުގެ ކޮޕީ.

6-   އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

7-   ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން)

8-   ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

 

ސުންގަޑި:

01 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން.

 

އިތުރު މަޢުލޫމާތު:

 

 

-          މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

-          އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

ނޯޓް:

މަތީގައިވާ މަޤާމްތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

             

 

24 ޖަނަވަރީ 2018
ހޯދާ