ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސްޓޫޑެންޓް ސަޕޯރޓް އޮފިސަރ

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.  

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސްޓޫޑެންޓް ސަޕޯރޓް އޮފިސަރ

ބޭނުންވާ ޢަދަދު: 1

އަސާސީ މުސާރަ:

މަހަކު 4000.00ރުފިޔާ

އެލަވަންސް:

1. ސާރވިސް އެލަވަންސް: ދުވާލަކަށް 52.00ރުފިޔާ

2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 50.00ރުފިޔާ

3. ސެޓިފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ %20

4. ފޯން އެލަވަންސް: މަހަކު 100.00ރުފިޔާ

5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.   ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން އައި ޖީ ސީ އެސް އީ އިމްތިޙާނުގައި 'އިނގިރޭސި' މި މައްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީހަށް ލިބޭ ސިޓީ، ނޯޓު،ޗިޓް،ބިލްފަދަ އެންމެހާ ލިޔުންތައް ބަލައިގަނެ އެތަކެތި ދުވަހުން ދުވަހަށް އެންޓްރީކުރުން.
  • ޔުނިވަރސިޓީގެ ކޯސްތަކުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމްތައް ބަލައިގަތުން.
  • ޔުނިވަސިޓީގެ ދަރިވަރުންގެ ފީ ބަލައިގަތުމާއި، މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  • އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، މަޢުލޫމާތު ހޯދުމަށް ގުޅާފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  • އޮފީހަށް އަންނަ މެހެމާނުން ބަލައިގަތުމާއި އެކިބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނާއި ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އައިޑީ ކާޑް ކޮޕީ ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް 30 ޖަނަވަރީ 2018 (އަންގާރަ) ދުވަހުގެ ގެ 12:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ.

23 ޖަނަވަރީ 2018
ހޯދާ