މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ރިސެޕްޝަނިސްޓް


ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މަޤާމު: ރިސެޕްޝަނިސްޓް

ގްރޭޑް : 1

ސެކްޝަން: ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް: ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

އަދަދު: 1

މުސާރަ: މަހަކު -/5,100 ރުފިޔާ

ލިވިންގް އެލަވަންސް: މަހަކު -/3,000 ރުފިޔާ

އިތުރު ޢިނާޔަތްތައް: 

  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • އެޑްވާންސް ލެވެލް އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ މި ދާއިރާގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
  • މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން
  • ވަޒީފާއާބެހޭ ޤާނޫނު އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު ރަނގަޅަށް ދަންނަ ފަރާތަކަށް ވުން،
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަސޭހަކަމާއެކު މުޢާމަލާތުކުރަން އެނގުން،
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި މީހަކަށް ވުމާއި، ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ކޮމިޝަނަށް އަންނަ ސިޓީތައް ބަލައިގަތުން؛
  • މި ކޮމިޝަނަށް އަންނަ ފޯންކޯލުތަކަށް ޖަވާބު ދާރީވުން،
  • ކޮމިޝަންގެ އެންޓްރީ ބެލެހެއްޓުން،
  • ކޮންމެ ދުވަހަކު ހާޒިރީ ރިޕޯޓު ތައްޔާރުކުރުމާއި ހާޒިރީއާއި ސަލާމުގެ ކަންކަން ބެލެހެއްޓުން،
  • ސިޓީ ފެކްސްކުރުމާއި، ކޮމިޝަނަށް އަންނަ ސިޓީ ސްކޭންކޮށް ޑިޕާޓްމަންޓްތަކަށް ފޮނުވުން،
  • އޮފީސް ހުޅުވައި ލެއްޕުމުގެ މަސްއޫލިއްޔަތު އަދާކުރުން،
  • ކޮމިޝަނުގެ މަސައްކަތްތަކަށް އެ ވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން،

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ    ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.   )www.broadcom.org.mv )

 

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު))

3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ ))5.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު ))6.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

02 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

 

އިންޓަވިއު ކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334317 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓު: މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އީމެއިލްގެ ޒަރީޢާއިން ފޮނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.

04 ޖުމާދަލްއޫލާ 1439

21  ޖަނަވަރީ 2018

21 ޖަނަވަރީ 2018
ހޯދާ