ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްދޫގައި ކުރިއަށްދާ ފެނުގެ މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ނުލިބޭ ފަރާތްތަކަށް އެންމެ ފަހުގެ ފުރުޞަތު ހުޅުވާލުން

ހއ ދިއްދޫގައި ސަރުކާރުން ހިންގަވާ ސާފު ބޯފެން ފޯރުކޮށްދިނުމުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން، މި ކައުންސިލުން އެކިއެކި މަރުޙަލާތަކުގައި އެކިއެކި ފަރާތްތަކަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމަށްޓަކައި ކުރެވިފައިވާ އެކިއެކި މަސައްކަތްތަކުގެ ތެރެއިން، މިހާރު ދިއްދޫގެ ގިނަ ފަރާތްތަކަކަށް ވަނީ ފެނުގެ ކަނެކްޝަން ގުޅައިދެވިފައެވެ. އެހެންނަމަވެސް، އަދިވެސް އެ ޚިދުމަތަށް ބޭނުންފުޅުވާ ފަރާތްތައް ރަށުގައި ތިއްބެވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އެ ފަރާތްތަކުން ފެނުގެ ކަނެކްޝަނަށް އެދި ހުށަހެޅުއްވުމުގެ އެންމެ ފަހު ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފީމެވެ.

ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީއިން މި ކައުންސިލަށް 15 ފެބްރުވަރީ 2015 ގައި ފޮނުއްވި ސިޓީގައި ކަނޑައަޅުއްވާފައިވާ ތިރީގައި މި ދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދައިދެވިފައިވާ ތަންތަން.
  2. ޢާންމު ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވާ ތަންތަން.
  3. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދައިދެވިފައި އޮތަސް، ބައިކުރެވިފައި ވަކިން ދިރިއުޅޭ ގޭބިސީތަކެއް ކަމުގައި ކައުންސިލުން ރަސްމީކޮށް ކަނޑައަޅާފައިވާ ތަންތަން.
  4. އެ ތަނުގެ ނަމުގައި ވަކި ކަރަންޓް މީޓަރެއް ރަޖިސްޓްރީކުރެވިފައިވާ ތަންތަން.
  5. ޢާންމު ވިޔަފާރިއާއި ޞިނާޢީ މަސައްކަތްކުރާ ތަންތަން.
  6. ގޯތީގައި ޢިމާރާތެއްކޮށް، އެ ޢިމާރާތުގެ ފާރުތައް ރާނާ ހިޔާކުރެވިފައިވާ ތަންތަން.

ވީމާ، މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ އަދި މިއަދާ ހަމައަށް ފެނުގެ ކަނެކްޝަން ލިބިވަޑައިގެންފައި ނުވާ ދިއްދޫގެ އެންމެހައި ރައްޔިތުން 22 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މި ކައުންސިލްގައި ނަން ނޯޓްކުރެއްވުމަށް ދެންނެވީމެވެ. އަދި މީގެ ކުރިން ފެނުގެ ޚިދުމަތުގެ ފޯމް ފުރުއްވައި ނުވަތަ ނަން ނޯޓްކުރައްވާފައިވިޔަސް، ފެނުގެ ކަނެކްޝަނެއް ލިބިވަޑައިނުގެން ތިއްބެވި އެންމެހައި ފަރާތްތަކުން ވެސް މިހާރު ހުޅުވާލެވޭ ފުރުޞަތުގައި ނަން ނޯޓްކުރައްވަންވާނެ ކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. މި ކައުންސިލުން މި ހުޅުވާލާ ފަހު ފުރުޞަތުގައި ފެނުގެ ކަނެކްޝަނަށް އެދިވަޑައިނުގެންފިނަމަ، ހިލޭ ފެނުގެ ކަނެކްޝަން ލިބުމުގެ ފުރުޞަތު ބަންދުވާނެތީ، މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދިއްދޫގެ ހުރިހާ ރައްޔިތުންނަށް ވެސް އިލްތިމާސްކުރަމެވެ.

30 ރަބީޢުލްއާޚިރު 1439

17 ޖަނަވަރީ 2018

17 ޖަނަވަރީ 2018
ހޯދާ