ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީގޮތުން މީހުން ހަމަޖެއްސުން

ވަޒީފާގެ ފުރުޞަތު

 

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މި އަހަރުގެ ނިޔަލަށް މިރަށުގެ ދެމިސްކިތުގައި މަސައްކަތް ކުރާނެ މީހުން ބޭނުންވެއްޖެއެވެ.

އިމާމު / މުދިމު: 04

މަސައްކަތު: 04 

 

މަސައްކަތް ކުރަންޖެހޭ ޙާލަތްތައް:

މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުން އެކިއެކި ސަބަބުތަކާ ގުޅިގެން މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކުގައެވެ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

އިމާމު / މުދިމު: ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ނޮޅިވަރަމު މިސްކިތްތަކުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

 

މަސައްކަތު: ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމު އަންގާ ގޮތެއްގެ މަތިން މިސްކިތް ފޮޅާ ސާފުކުރުމާއި މިސްކިތާއި ގުޅޭ އެހެނިހެން މަސައްކަތް ކުރުން.

 

އުޖޫރަ:

އިމާމަކު ނަމަ ކޮންމެ ނަމާދު ވަގުތަކަށް 56.00ރ (ފަންސާސްހައެއް) ރުފިޔާ

މުދިމަކު ނަމަ ކޮންމެ ނަމާދު ވަގުތަކަށް 48.00ރ (ސާޅީސްއަށެއް) ރުފިޔާ

މަސައްކަތު މީހަކަށް މަސައްކަތްކުރާ ގަޑިއަކަށް 40.00ރ (ސާޅީސް) ރުފިޔާ

މިއީ ވޭޖްއެމްޕުލޯއީގެ ދަށުން ނެގޭ ބަޔަކަށްވާތީ އުޖޫރަދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ބަންދުދުވަހުގެ ފައިސާ އާއި އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

-          މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ސާފުކޮޕީ

-          ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 

ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2018 ޖެނުއަރީ 18 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ފޯމް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

މިމަޤާމަށް ކުރިމަތި ލާފަރާތްތަކުން ހޮވުމަށް ބާއްވާ އިންޓަވިއު 2018 ޖެނުއަރީ ގައި ހދ. ނޮޅިވަރަމު ކައުންސިލް އިދާރާގައި އޮންނާނެއެވެ. މިމަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

14 ޖަނަވަރީ 2018
ހޯދާ