ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ.

 

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވުމަށް ތިރީގައި މިދަންނަވާ ދާއިރާތަކަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

 

  1. ކަރިކިޔުލަމް ސްޓަޑީޒް
  2. އެސެސްމެންޓް
  3. މެތަމެޓިކްސް އެޑިޔުކޭޝަން
  4. ލޭންގުއެޖް އެޑިޔުކޭޝަން (ދިވެހި)
  5. ލޭންގުއެޖް އެޑިޔުކޭޝަން (އިގިރޭސި)
  6. ސްޕެޝަލް އެޑިޔުކޭޝަން
  7. ސައިކޮލޮޖީ
  8. ރިސާރޗް މެތަޑްސް

 

 

 

މަސައްކަތް އޮންނަ ރަށް:

ކ.މާލެ / ހދ.ކުޅުދުއްފުށި / ސ.ހިތަދޫ / ލ.ގަން /ގދ.ތިނަދޫ

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

 

އުޖޫރަ:

500 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/500ރ. ، 200 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ. ، 100 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345302  ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި: 2018 ޖެނުއަރީ 18 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected]އަށެވެ.

11 ޖަނަވަރީ 2018
ހޯދާ