އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2013އާ ބެހޭ

ޤާނޫނު ނަންބަރު 10/2010 "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު" ގެ ދަށުން ހެދިފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2013" މިހާރުވަނީ އިލެކްޝަންސް ކޮމިޝަނުގެ ސައިޓުގައި އާންމުކުރައްވާފައެވެ.

ވީމާ، މިއަދު (14 ނޮވެންބަރު 2013) އިން ފެށިގެން އަމަލުކުރެވެމުންދާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2013" އަށެވެ. އަދި މީގެ ކުރިން އަމަލުކުރެވެމުން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު މިއަދު (14 ނޮވެންބަރު 2013) އިން ފެށިގެން ބާތިލުވެފައިވާކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

10 މުޙައްރަމް 1435

14 ނޮވެންބަރު 2013
ހޯދާ