MBA
ދިވެހިރާއްޖެ
ކްލަބްތައް ކަމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވުން

މިއެސޯސިއޭޝަންގެ މެމްބަރޝިޕް ދިނުމަށް މިހާރު ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް ގައި ރަޖިސްޓްރީ ވެފައިވާ ކުލަބް/ޖަމްޢިއްޔާ ތަކަށް އެކަންޏެވެ. ނަމަވެސް ބައެއް އައު ކުލަބް/ޖަމްޢިއްޔާ ތަކުން ދަނީ މިދެންނެވި ގޮތަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް ގައި ރަޖިސްޓްރީ ނުވިނަމަވެސް މެމްބަރޝިޕްއަށް އެދި މިއެސޯސިއޭޝަނަށް ފޯރމް ހުށައަޅަމުންނެވެ.

ވީމާ، މިފަދަ ކުލަބް/ޖަމްޢިއްޔާ ތަކުން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް ގައި ރަޖިސްޓްރީވުމަށް އެދިފައިވާކަން ސާބިތުވާފަދަ ލިޔުމެއް 11 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށައެޅުއްވުން އެދެމެވެ. އަދި މިދެންނެވި ސުންގަޑި ހަމަވުމުގެ ކުރިން ލިޔުން ހުށަނާޅުއްވާ ކުލަބް/ޖަމްޢިއްޔާ ތަކަށް ކުރިއަށް އޮތް 26 ވަނަ އެމް.ބީ.އޭ ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޯންނާނެކަމުގައި ދަންނަވަމެވެ.  

09 ޖަނަވަރީ 2018
ހޯދާ