މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް: މަސައްކަތު

މަޤާމް ނަމްބަރ :J227733

ބޭނުންވާ އަދަދު: 01 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން: އިދާރީ

މަޤާމް އޮތް އޮފީސް: މަޑަވެލީ ސްކޫލް

ވަޒީފާ އަދާ ކުރަންޖެހޭ ތަން: ގދ. މަޑަވެލީ ސްކޫލް

މުސާރަ: -/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

 

 

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

ދާއިރާ:   ___

                                        

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޙަވާލުކުރެވޭ ކްލާސްރޫމްތަކާ އޮފީސް އިމާރާތުގެ ތެރެއިން (އޮފީސް، ކްލާސްރޫމްތައް، ސުޕަވައިޒަރ ރޫމް، ސްޓާފް ރޫމް ސައިންސް ލެބް، ލައިބްރަރީ، އޭވީ ރޫމް، ސްކޫލް ހޯލް) ގެ ތެރެއިން ޙަވާލުކުރެވޭ ތަންތަން ކޮންމެ ދުވަހަކު ހިރަފުސްފޮޅާ ސާފުކޮށް މޮޕްޖެހުން.
  2. ސްކޫލް ގޯތިތެރެއާ މަގުމަތި، ޙަވާލުކުރެވޭ ސަރަޙައްދު ވިނަނޮޅައި ކުނިކެހުން.
  3. ބަގީޗާ އިންދަން ޙަވާލުކުރެވޭ ސަރަހައްދުގައި ގަސްއިންދުން، ގަސްތަކަށް ފެންދިނުން. ގަސްކޮށާ ބެލެހެއްޓުން.
  4. ސްކޫލުން ފާހަގަކުރާ ޚާއްޞަ ދުވަސްތަކުގައި، ސްކޫލުން އަންގާ ގޮތެއްގެ މަތިން ބިލެތްމީރުކުރުން ތައްޔާރުކުރުން.
  5. މީގެ އިތުރުން ސްކޫލުން ފާހަގަކުރާ ޚާއްޞަ ދުވަސް ތަކުގައި މަޤާމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

6.      - ސްކޫލްގެ ފާޚާނާތައް ތަޅުމާއި ބިތާއި ފާޚާނާ ތައްޓާއި މޫނުދޮންނަ ތަށި އަދި މިނޫނަސް ފާޚާނާގައި ބޭނުންކުރާ ޝަވަރު އިސްކުރުފަދަތަކެތި ފަރުވާތެރިކަމާ    އެކު ރަގަޅަށް ސާފުކުރުން.

7.      ޙަވާލުކުރެވޭ ވަގުތުތަކުގައި ފާޚާނާ ބެލެހެއްޓުން. އަދި ފާޚާނާކުރުމަށް އަންނަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

8.      ސްކޫލްގައި ބޭނުންކުރާ ތަށްޓާއި ފެންއަޅާ ޖަގާއި ކޫލަރުފަދަ ތަކެތި ދޮވެ، ސާފުކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

1.      ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު

2.      މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

3.      މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތަކާއި ޞިއްޙީ ޤާބިލުކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

-          1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ސިވިލްސާވިސްގެ ވަޒީފާއަށް އެދޭފޯމް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި އެފޯމް މިސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. )

-          2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު

-          3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

-          4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

-          5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .

-          (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދެ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

-          (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

-          (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ  ސެޓްފިކެޓްތަކުގެ ކޮޕީ.

-          6. ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ  ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

-          7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

-          8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

-            (ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

-            (ށ) އަމިއްލަ ކުންފުޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް  އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-       ވަޒީފާއަށް އެދޭ ފޯމް މަޑަވެލީ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރިވިސްގެ ވެބްސައިޓުން www.csc.gov.mvމި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖަނަވަރީ 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މަޑަވެލީ ސްކޫލަށެވެ.

-       ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

-       އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

 އިންޓަވިއު އޮންނަ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2018 ޖަނަވަރީ 15 އާއި 22 އާއި ދެމެދު، މަޑަވެލި ސްކޫލްގައިއެވެ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ޝޯޓް ލިސްޓްކުރުން

މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ 25%

އިތުރު މަޢުލޫމާތު ހޯދުން

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މަޑަވެލީ ސްކޫލުގެ ނަންބަރު 7983090 ނުވަތަ 6842605 ފޯނަށް ގުޅުއްވުން އެދެމެވެ.

 

                      މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                      16 ރަބިޢުލް އާޚިރު 1439

                      03 ޖަނަވަރީ 2018

04 ޖަނަވަރީ 2018
ހޯދާ