އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސް ބަޔާން

                                                                                                                  ނަންބަރު(PR)203-EIARES/1/2017/2

ނޫސް ބަޔާން

                                   "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވައިދު 2012" ގެ ޖަދުވަލު (ރ) ގައި ބަޔާންކޮށްފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް، ތައްޔާރުކުރާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް އަދި އެ ރިޕޯޓް ފާސްކުރުމަށްފަހު މިއޭޖެންސީއިން ދޫކުރާ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގައި ވާގޮތަށް މަޝްރޫޢުތަކުގެ އެދިޔާރުން، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ރޭވިފައިވާ ޕްލޭނުގައި ބަޔާން ކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ޚުލާސާ ރިޕޯޓް މި އޭޖެންސީއަށް ހުށަނާޅާކަން ފާހަގަކުރަމެވެ. އަދި، މަޝްރޫޢުގެ މަސައްކަތް ފެއްޓެވުމަށްފަހު، ފެއްޓި ތާރީޙް މިއޭޖެންސީއަށް ލިޔުމުން ނާންގާކަންވެސް ފާހަގަކުރަމެވެ. ވީމާ، ކުރިއަށް އޮތްތާންގައި މިގޮތަށް ޢަމަލު ކުރައްވާ އެދިޔާރުންނާމެދު "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވައިދު 2012" ގެ 20 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.

04 ޖަނަވަރީ 2018
ހޯދާ