ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނިފޯމް ތައްޔާރުކޮށް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން

 

ހިތަދޫ ޕޯރޓް ލިމިޓެޑް

     ހިތަދޫ، އައްޑު ސިޓީ

 

 ނަންބަރ: HPL/PRC/I-2018/01

 

އިޢުލާން

 

 

      މި ކުންފުނިން ދައްކަވާ ނަމޫނާ އާއި އެއްގޮތަށް މުވައްޒަފުންގެ ޔުނިފޯރމު ތައްޔާރުކޮށް ސަޕުލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 09 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި

ތަން: ހިތަދޫ ޕޯރޓް ލިމިޓެޑްގެ އެޑްމިން ޢިމާރާތުގެ (ދެވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ.

ޕްރޮޕޯޒަލް ބަލައިގަތުން:

ތާރީޚު: 18 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައި

ތަން: ހިތަދޫ ޕޯރޓް ލިމިޓެޑްގެ އެޑްމިން ޢިމާރާތުގެ (ދެވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ.

      އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދުމަށް މިކުންފުނީގެ ނަންބަރު 6888546 / 6888558 އާ ގުޅުއްވުން އެދެމެވެ.

 

            15 ރަބީލްއާޙިރާ  1439

            02 ޖެނުއަރީ 2018 

03 ޖަނަވަރީ 2018
ހޯދާ