މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފ.އަތޮޅު ތައުލީމީ މަރުކަޒުގައި 8 ކްލާސްރޫމާއި، 2 ލެބޯޓަރީ އަދި މަލްޓި ޕާޕޯސްހޯލެއް އިމާރާތްކުރުން

 

 

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                               ނަމްބަރު: MRDC/IFB/2017/24

 

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

ފ.އަތޮޅު ތައުލީމީ މަރުކަޒުގައި 8 ކްލާސްރޫމާއި، 2 ލެބޯޓަރީ އަދި މަލްޓި ޕާޕޯސްހޯލެއް އިމާރާތްކުރުން

 

                         މި ކޯޕަރޭޝަންގެ ފަރާތުން ފ.އަތޮޅު ތައުލީމީ މަރުކަޒުގައި 8 ކްލާސްރޫމާއި، 2 ލެބޯޓަރީ އަދި މަލްޓި ޕާޕޯސްހޯލެއް އިމާރާތްކުރާނެ ފަރާތެއް ހޯދަން  ކުރި އިއުލާން ނަންބަރ MRDC/IFB/2017/23 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ގަޑިތަކަށް އެމް.އާރ.ޑީސީ ހެޑް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފްކުރުމައް ފަހު ބީލަން ހުށެއެޅުން ދަންނަވަމެވެ.

ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 28 ޑިސެމްބަރ 2017 އިން 09 ޖަނަވަރީ 2018 އަށް 09:00 އާއި 14:00 އާއި ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއި އެކު 1,500/- ރުފިޔާ އަށެވެ. އަދި މިފައިސާ އަކީ ރީފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ.

ޕްރީ-ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ 11 ޖަނަވަރީ 2018 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާކަމެކެވެ.

 

                         ބީލަން ހުށައަޅާފަރާތުގެ ބީލަން ހުޅުވާނީ 17 ޖެނުއަރީ 2018 ގެ 11:00 ގައި މިކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމްގައެވެ. ބީލަން ފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި އެވާ ނަންބަރަށް ގުޅުންވުން އެދެމެވެ.

                        ފޯން:         +960 3320657 ނުވަތަ

                        ފެކްސް:       +960 3317133

                        އީ-މެއިލް:      [email protected]  

                        ވެބް ސައިޓް:      www.mrdc.com.mv     

 

 

                           27 ޑިސެމްބަރ 2017

27 ޑިސެންބަރު 2017
ހޯދާ