އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

ރ. އަނގޮޅިތީމު ސްކޫލު

    ރ. އަނގޮޅިތީމު                                    ނަމްބަރ:28 GS-125/IUL/2017/                               

          ދިވެހިރާއްޖެ

އިޢުލާން

 

ވަޒީފާގެ ފުރުސަތު

 

ހެލްތު އެސިސްޓޭންޓް (ކޮންޓްރެކްޓު)

މި ސްކޫލްގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ހެލްތު އެސިސްޓޭންޓް (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

01 ( އެކެއް )

ވަޒީފާ އޮތް އޮފީސް

ރ.އަނގޮޅިތީމް ސްކޫލް

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

ވަޒީދާކުރާ ޝެކްސަން

އިދާރީ ޝެކްޝަން  

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

އަނގޮޅިތީމް ސްކޫލް / ރ. އަނގޮޅިތީމް

ކޮންޓްރެކްޓުގެ މުއްދަތު:

1 އަހަރު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ދަރިވަރުންގެ ހެލްތު ޗެކަޕް ޕްރޮގުރާމް ރާވައި ހިންގުމާއި، ހެލްތު ރޫމުން ފަސްޓް އެއިޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަރިވަރުން ބައިވެރިވާ ކުޅިވަރު މުބާރާތްތަކާއި ކޭމްޕްތަކުގައި ފަސްޓްއެއިޑެއްގެ ރޯލު އަދާކުރުން.

2- ދަރިވަރުންނަށާއި، ސްޓާފުންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގުރާމްތައް ރާވައި ހިންގުން.

3- ސްކޫލުގެ އިމާރާތްތަކާއި، ގޯތިތެރެއާއި، ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުމާއި، ހެލްތު ރޫމް ބެލެހެއްޓުން.

ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން.4-

5- ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމާއިއެކު ހަފުތާގެ މައްސަލަތައް ޕްރިންސިޕަލާ ހިއްސާކުރުން

 

.6- ކުރިއަށްއޮތް އަހަރު، ސްކޫލް ހެލްތު ޕްރޮގުރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުކޮށްފައި އެޑިޔުކޭޝަން މިނިސްޓްރީއަށް ފޮނުވުން.

7- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

8- ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

9- މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިމިވާގޮތަށް ލިބިފައިވާ ސެޓްފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.

 

މަޤާމުގެ

ނަން

މަޤާމުގެ

ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ

ރޭންކް

އަސާސީ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

ހެލްތު އެސިސްޓޭންޓް

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އެމް. އެސް.1

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

5610.00

2000.00

ހެލްތު އެސިސްޓޭންޓް

އޮފިސަރ ގްރޭޑް:2

ޖީ،އެސް: 4

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގުރޭޑް ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު /ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، މަޤާމަށް  ބޭނުންވާ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް  2  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3-  މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު /ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، މަޤާމަށް  ބޭނުންވާ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް  3  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4-  މަޤާމުގެ މަސައްކަތްކުރުމުގެ  ހުނަރު / ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، މަޤާމަށް  ބޭނުންވާ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5- ހެލްތު ދާއިރާއިން އެޑްވާންސް ސެޓްފިކެޓް ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން. ނުވަތަ؛

6-  މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު މަސައްކަތުގެ ފެންވަރުބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް ލިބެމުންދިއުމާއެކު، ޖީ. އެސް. 3 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

7- މަޤާމުގެ   މަސައްކަތްކުރުމުގެ   ހުނަރު  /  ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، ޖީ. އެސް. 4 ގެ ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ  މަޤާމެއްގައި  މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

8- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެއްފެންވަރެއްގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ ފަރާތެއްކަމުގައިވުން.

5020.00

 

 

 

 

 

 

 

 

 

5020.00           

1500.00

 

 

 

 

 

 

 

 

 

 

1500.00

ހެލްތު އެސިސްޓޭންޓް

އޮފިސަރ ގްރޭޑް:1

ޖީ،އެސް: 3

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގުރޭޑް ލިބިފައިވުން. ނުވަތަ؛

 

2. މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު  / ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  3  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4000.00

1500.00

ހެލްތު އެސިސްޓޭންޓް

އެސިސްޓެންޓް އޮފިސަރ ގްރޭޑް:

ޖީ،އެސް: 2

1- މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު  / ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު، މަޤާމަށް  ބޭނުންވާ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ސާނަވީ  ތަޢުލީމް  ފުރިހަމަކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތާ  ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3565.00

1500.00

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

- މި މަޤާމަށް މުއައްޒަފަކު ހޮވުމުގައި އިސްކަންދޭނީ، ސިއްޙީ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ، މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަރާތްތަކަށެވެ. އަދި ސިއްޙީ ދާއިރާއިން ތަޖުރިބާހުރި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ. 

- ތައުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް.

އިންޓަވިއު އޮންނާނެ ތަން:

މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއު ކުރެވޭނެއެވެ. އިންޓަރވިއު އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ 2 ދުވަހާއި 10 ދުވަހުގެ ތެރޭގައެވެ. އިންޓަވިއު އޮންނާނެ، ތާރީޚާއި ތަނާއި ވަގުތު ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކަށް މިސްކޫލުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2018 ޖެނުއަރީ 04 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ރ. އަނގޮޅިތީމް ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް، އީމެއިލް [email protected]  މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. ވަޒީފާއަށް އެދޭ ފޯމް މިސްކޫލް އޮފީހުން ލިބޭން ހުންނާނެއެވެ. ސިވިލް ސަރވިސް ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓު ކުރުން:

ވަޒީފާ އަށް ހުށައަޅާ ލިޔެކިޔުންތައް ހުށައަޅަންވާނީ އެޓެސްޓުކޮށްފައެވެ. ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަން ދެވޭ ޢިނާޔަތްތަކާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯ ކޮޕީތައް.(މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)

3- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ / ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނޭހެން)

5- މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ.

6- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ.

 

7- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް.

ނޯޓް:

ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާންގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރ. އަނގޮޅިތީމް ސްކޫލުގެ 6580357 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

27 ޖުމާދިލްއާޙިރާ 1438

26 ޑިސެންބަރ 2017

                                                          

 

26 ޑިސެންބަރު 2017
ހޯދާ