ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ކެންޓީން ހިންގާދޭނެ ފަރާތެއް ހޯދުމުގެ ދެވަނަ އިއުލާން

މިސްކޫލްގެ ކެންޓީން ހިންގާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު KS-B/2017/10 އިއުލާނަށް އެކަށީގެންވާ އިޖާބަ ނުލިބުމުން ބާޠިލްކޮށްފީމެވެ.

ވީމާ އަލުން މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 10:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ޖެނުއަރީ 2018 ވަނަދުވަހުގެ 10:00 އަށް އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާން އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

                    08  ރަބީއުލްއާހިރާ       1439ހ 

                    26   ޑިސެމްބަރ       2017 މ     

26 ޑިސެންބަރު 2017
ހޯދާ