މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                              އިޢުލާން ނަންބަރު: MRDC-IUL/2017/52

                              ވަޒީފާގެ ފުރުޞަތު

 މިކުންފުނީގެ ހެޑް އޮފީހަށް ޕްރޮޖެކްޓް ކޯޑިނޭޓަރ ކަމުގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރޮޖެކްޓް ކޯޑިނޭޓަރ،ގްރޭޑް 4

ބޭނުންވާ ޢަދަދު:

02 (ދޭއް)

ކްލެސިފިކޭޝަން / ރޭންކް:

އެމް.އެސް 1 – ގްރޭޑް 4

މުސާރަ:

މަހަކު -/9080 ރުފިޔާ (ނުވަހާސް އައްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-   ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

-   ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    ސިނާޢީ މަސައްކަތްތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-   ޕްރޮޖެކްޓްސް ތަކަށް ބޭނުންވާނެ ބިލް އޮފް ކުއެންޓިޓީޒް (ބީ.އޯ.ކިއު) ބިލް އޮފް މެޓީރިއަލްސް      (ބީ.އޯ.އެމް) ވާރކް ޝެޑިއުލް / ވާރކް އައުޓްސް ހަދަން އެހީތެރިވުމާއި، ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-   ޕްރޮޖެކްޓް ތަކަށް ބޭނުންވާ ޓެކްނިކަލް އަދި އެހެނިހެން ކުރެހުންތައް ތައްޔާރުކުރަން އެހީތެރިވެދިނުން އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-   ޕްރޮޖެކްޓް މޮނިޓަރކޮށް ޕްރޮޖެކްޓް ހިނގާ ނުހިނގާގޮތުގެ ތަފްސީލު ވެރިންނާ ހިއްސާކުރުން.

-   ޕްރޮޖެކްޓްތަކުގެ ޑެއިލީ ، ވީކްލީ އަދި މަންތްލީ ރިޕޯޓް ހެދުން.

-   ޕްރޮޖެކްޓް ތަކުގެ ސައިޓް ސާވޭ ކުރުން.

-   ޕްރޮޖެކްޓް ތަކުގެ ޕޭމަންޓް ޝެޑިއުލް ހެދުމަށް އެހީތެރިވެދިނުން އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-   ޕްރޮޖެކްޓްތައް ކުރިއަށްދާ ސައިޓްތައް ބެލެހެއްޓުން.

-   ޕްރޮޖެކްޓް ތަކާއި ގުޅިގެން ޑިޕާރޓްމަންޓުން ފޮނުވަންޖެހޭ ސިޓީ އާއި އެކިއެކި ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5.  ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6.  ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7.  ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8.  ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-    މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޑިސެމްބަރ / 2018 ޖެނުއަރީ  މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                    30 ރަބީޢުލްއައްވަލް 1439

                    18 ޑިސެމްބަރ 2017

18 ޑިސެންބަރު 2017
ހޯދާ