މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                              އިޢުލާން ނަންބަރު: MRDC-IUL/2017/51

                             ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހެޑް އޮފީހަށް މެނޭޖަރ ފައިނޭންސް އެންޑް އެކައުންޓްސް މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މެނޭޖަރ ފައިނޭންސް އެންޑް އެކައުންޓްސް،ގްރޭޑް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އީ.އެކްސް 1 ، ގްރޭޑް 1

މުސާރަ:

މަހަކު -/14630 ރުފިޔާ (ސާދަހާސް ހަސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ރެސްޕޮންސިބިލިޓީ އެލަވަންސް:

މަހަކު -/5000 ރުފިޔާ  (ފަސްހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

އެކައުންޓިންގ އެންޑް ފައިނޭސް ޑިޕާޓްމެންޓް

ފެންވަރު ނުވަތަ ޝަރުތު:

- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ

- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    ފައިނޭންސް ނުވަތަ އެކައުންޓްސް ދާއިރާއިން ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    މާލިއްޔަތު ޤާނޫނާއި ޤަވާއިދަށް ފަރިތަވުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓްގެ އެންމެހައި ކަންތައްތައް ރާވައި ހިންގާ      ބެލެހެއްޓުން.

- ކުންފުނީގެ މާލީ ހިސާބުތަކާއި ފައިސާ އާއި ބެހޭ ލިޔުންތައް ބަލަހައްޓައި، ޚަރަދު ކުރެވެނީ ހެދިފައިވާ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ ކަށަވަރުކުރުން. އަދި މިކަންކަން ކަށަވަރުކުރުމަށް ކޮންޓްރޯލްތައް ޤާއިމުކޮށް އެއާއި އެއްގޮތަށް އަމަލުކުރޭތޯ ބަލައި ފިޔަވަޅުއެޅުން.

-  މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ފައިސާއި ބެހޭ މުޢާމަލާތު ހިންގުން.

-  ކުންފުނީގައި އަމަލުކުރާނޭ މާލީ ޤަވާއިދު ތަރައްޤީކޮށް ދެމެހެއްޓުން.

- ކުންފުނީގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ބަޖެޓް ތައްޔާރުކޮށް ކުންފުނީގެ   ބޯޑަށް ހުށަހެޅުން.

- ކުންފުނިން ތައްޔާރުކުރަންޖެހޭ ޓެކްސް ރިޕޯރޓްތައް، ކުއަޓަރލީ ރިޕޯރޓްތައް ކަނޑައެޅިފައިވާ  ތާރީޚް ގައި އެފަރާތްތަކަށް ފޮނުވުން.

- ކުންފުނީގެ މާލީ ހިސާބުތައް އޮޑިޓް ކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތު ތަކާއި ރިޕޯރޓް ތައް ތައްޔާރުކުރުން. އަދި އޮޑިޓް ކުރުމުގެ މަސައްކަތުގައި  ކުންފުނީގެ ފަރާތުން އެހީތެރިވުން.

- އެގްޒެކެޓިވް މެނޭޖްމަންޓް މުވައްޒަފެއްގެ ހައިސިއްޔަތުން ކުންފުނީގެ ކުރިމަގު ބައްޓަން ކުރުމަށް ކުރެވެންހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެކަންކަން ކުރެވޭނެ މަގުތަނަވަސް ކުރުމަށްޓަކައި، އެކަންކަމާއިބެހޭ ގޮތުން ރިޕޯރޓް ނުވަތަ ލިޔުން ތައްޔާރުކޮށް މެނޭޖިންގ ޑިރެކްޓަރ އަށާއި ކުންފުނީގެ ބޯޑަށް ހުށައެޅުން.

- ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ފޯމެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ     ޕްރޮސީޖަރތަކާ އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

- ބަޖެޓްތަކުން ޚަރަދުކުރާނެ މިންވަރު ދެނެގަނެ، މަސްތަކަށް ޚަރަދު ކަނޑައަޅައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

- ކޮންމެ އަހަރެއް ނިމުމުން އިންވެންޓްރީ ގެ ސްޓޮކް ނެގުމުގެ މަސައްކަތް ރާވައި ހިންގުން.

- ކުންފުނީގެ އެހެނިހެން ޑިޕާރޓްމަނޓްތަކުން ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ދިނުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5.  ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6.  ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7.  ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8.  ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-     މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޑިސެމްބަރ / 2018 ޖެނުއަރީ  މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                   30 ރަބީޢުލްއައްވަލް 1439

                   18 ޑިސެމްބަރ 2017 

18 ޑިސެންބަރު 2017
ހޯދާ