ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޑޯ ކްރިކެޓް ހޯލް - މަރާމާތުކުރުމަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ                                                                       ނަންބަރު:2017/07  

އިޢުލާން

އަންދާސީ ހިސާބު ބޭނުއްވެއްޖެ ހުށަހެޅުމުގެ ދަޢުވަތު؛

 ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ތިރީގައި ތަފްސީލްކުރެވިފައިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

  • ކުޅިވަރު އެކުވެނި އިންޑޯރ ކްރިކެޓް ހޯލްގައި ކަރަންޓުގެ ބައެއް މަރާމާތުކުރުމުގެ މަސައްކަތް އަދި އިތުރަށް އައު ވައިރިންގ އެޅުން
  • އިންޑޯރ ކްރިކެޓް ހޯލްގައި ލައިޓް ހަރުކުރުން
  • މިހާރު ހަރުކުރެވިފައިވާ ސީލިންގް ފްރޭމްއާއި ގުޅުވައިގެން އިތުރު ފުރޭމްއެއް އެޅުން.

 

ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތު:

 

  • އަގު: ހުށަހަޅާ އަގު ވާންވާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއައް މަސައްކަތް ކޮށްދެވޭނެ އަގަށެވެ. ކޯޓޭޝަންގައި ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަން ވާނެއެވެ.
  • ފޯރުކޮށްދެވޭނެ މުއްދަތު: ކޯޓޭޝަންގައި މަސައްކަތްކޮށްދޭނެ މުއްދަތު ބަޔާން ކުރަންވާނެއެވެ.
  • ޕޭމަންޓް ޓަރމްސް: ކޯޓޭޝަންގައި ޕޭމަންޓް ޓާރމްސް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • ކޯޓޭޝަންގެ މުއްދަތު: ކޯޓޭޝަންގައިވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެވޭނެ ފަރާތެއްގެ ނަން، މަގާމް އަދި ގުޅޭނެ ފޯން ނަންބަރު ހިމަނަންވާނެއެވެ.

 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އަށް ލިބިގެންވެއެވެ.
  • އަގުހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 9997554 /3325503 ނަންބަރު ފޯނު މެދުވެރިކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށެވެ.

 

މަޢުލޫމާތު ސާފުކުރުން:

މިމަސައްކަތްކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ކުޅިވަރު އެކުވެނި، ފުރަތަމަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ.

 

ކޯޓޭޝަން ހުޅުވުން:

ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހު 11:00ގައި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ކުޅިވަރު އެކުވެނި، ފުރަތަމަ ފަންގިފިލާ) އަށް ކޯޓޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަނެއް ބާތިލްކުރެވޭނެއެވެ.

ކޯޓޭޝަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

"ކުޅިވަރު އެކުވެނި އިންޑޯރ ކްރިކެޓް ހޯލް މަރާމާތުކުރުން"

 

ވީމާ، މިމަސައްކަތްކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ކުޅިވަރު އެކުވެނި، ފުރަތަމަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހު  11:00 އަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ.

 23 ރަބީއުލްއައްވަލް 1413

11 ޑިސެމްބަރ 2017

 

 

 

 

 

11 ޑިސެންބަރު 2017
ހޯދާ