ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
2018 ވަނަ އަހަރަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

      އިއުލާން

އަންދާސީ ހިސާބު ހުށައެޅުމުގެ ދައުވަތު

2018 ވަނަ އަހަރަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

        މިސްކޫލުގެ GS103/IUL/2017/16 ނަމްބަރ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ އެއިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.

        މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް 1 ޖެނުއަރީ 2018 އިން 31 ޑިސެމްބަރ 2018 އަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

        ވީމާ، މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ކުންފުނި/ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑް ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

         ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

 

             23 ރަބީޢުލްއައްވަލް   1439            

              11  ޑިސެމްބަރ   2017 

11 ޑިސެންބަރު 2017
ހޯދާ