މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ކ. މަނިޔަފުށި އަދި ގއ. މަޓުގައި  ތިރީގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރަމަށް ޝައުގެވެރިވާފަރާތެއް ހޯދުމަށް އެދި މިމިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:     އެސިސްޓެންޓް ހެޗަރީ ޓެކްނީޝަން

ގިންތި:     3 އަހަރުގެ ކޮންޓްރެކްޓް (ހަފްތާއަކު 20 ގަޑީއިރުގެ މަސައްކަތް)

ބޭނުންވާ ޢަދަދު:   1

މުސާރާ:       -/6100 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މެރިން ރިސާޗް ސެންޓަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު:

  • ގްރޭޑް 10 ނިންމާފައިވުން
  • އެކުއަކަލްޗަރ ހެޗަރީގެ މަސައްކަތްކުރުމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މި މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖްކްޓް މެނޭޖްމަންޓް ޔުނިޓަށް، (މެރިން ރިސާރޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިނިސްޓްރީ އަށް ވަޒީފާއަށްއެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލުން ހުށަހަޅުއްވާނަމަ ފޮނުއްވަންވީ އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި މަޤާމުތަކުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ހޯއްދެވުމަށް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ނަމްބަރު 3322328 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އީމެއިލް ފޮނުއްވުނެ އެދެމެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި 13:00 ދެމެދު 3322328  ފޯނާއި ގުޅުއްވުން އެދެމެވެ.

www.fishagri.gov.mv

19 ރަބީޢުލްއައްވަލް 1439

6  ޑިސެމްބަރ  2017

06 ޑިސެންބަރު 2017
ހޯދާ