ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ބަހައްޓާފައިހުރި ތަކެތި ނެގުމާއި ބެހޭ

ބައެއްފަރާތްތަކުން މަގުމަތީގައި ޖޯލިފަތިބަހައްޓައި ގަސްއިންދައި އަދި ޕޮޓްގައި އިންދާފައި ހުންނަގަސްތައް މަގުމަތީގައި ބަހަޓާފައިހުންނަ ކަމުގެ ޝަކުވާތައް އެކިފަރާތްތަކުންދަނީ ކައުންސިލަށް ހުށަހަޅަމުންނެވެ.

           މަގުމަތީގައި ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާގޮތަށް އެއްވެސްބާވަތެއްގެ އެއްޗެއް މަގުމަތީގައި ބެހެއްޓުމަކީ ޤާނޫންނަމްބަރ : 2017/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން ) ގެ 151 ވަނަމާއްދާއިން ގދ.ރަތަފަންދޫ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ މަޝްވަރާއާއި އެކު އެމާއްދާގެ (ފ) ގެދަށުން ގދ.ރަތަފަންދޫ ކައުންސިލުން އެކުލަވާލައި ގެޒެޓްކޮށް ޢާންމު ކޮށްފައިވާ ޢާންމު އުދަގުލާބެހޭ ޤާނޫންގެ 14 ވަނަމާއްދާގެ ހ. އިންމަނާކޮށްފައިވާ ކަމެކެވެ.

           ވީމާ ، އެއްވެސްފަރާތަކުން މިޤަވާޢިދާ ޚިލާފަށް މަގުމަތީގައި އެއްވެސް އެއްޗެއްބަހައްޓާފައިވާނަމަ އެތަކެތި މިހިންގާ ޑިސެމްބަރ މަހުގެ 14 ވާ ބުރާސްފަތި  ދުވަހުގެ ހަވީރު 6:00 ގެކުރިން މަގުމަތިން އެފަދަތަކެތި ނެގުމަށް އެންގީމެވެ. އަދި މިދެންނެވިތާރީޚުގެ ނިޔަލަށް މިގޮތަށް ޢަމަލުނުކުރާ ފަރާތްތަކާއި މެދު ޤަވާޢިދުން ފިޔަވަޅު އެޅޭނެވާހަކަދެންނެވީމެވެ. 

10 ޑިސެންބަރު 2017
ހޯދާ