މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޙައްޖު ކިޓް ގައި ހިމެނޭ ތަކެތި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

ޙައްޖު ކިޓް ގައި ހިމެނޭ ތަކެތި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

 

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް، މި ކޯޕަރޭޝަންގެ ޙައްޖު ކިޓް ގައި ހިމެނޭ ތަކެތި ފަރުމާކޮށް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވައި ފަރާތްތަކުން، 13 ޑިސެންބަރު 2017 ވާ ބުދަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ޑިސެންބަރު 2017 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

 

22 ރަބީޢުލްއައްވަލް 1439

10 ޑިސެންބަރު 2017

 

  ނޯޓް: ޙައްޖު ކޯޕަރޭޝަންގެ އޮފީސް ހުންނަނީ މޫކައި ސުއިޓްސްގެ 2 ވަނަ ފަންގިފިލާގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3011000 އަށެވެ.

10 ޑިސެންބަރު 2017
ހޯދާ