އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ސުކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް ކުއްކަށް ހިފުމަށް

                                                                                  a

ANGOLHITHEEM SCHOOL                                                       އަނގޮޅިތީމް ސްކޫލް   

ރ.އަނގޮޅިތީމް                                                               R.Angolhitheem    ދިވެހިރާއްޖެ                                                                 Republic of Maldives

                                                               ނަމްބަރ: 27GS125/IUL/2017/   

އިޢުލާން

 

ސްކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް (އެޕާޓްމެންޓެއް) ކުއްޔަހިފުމަށް ބޭނުންވެއްޖެ

 

             މިސްކޫލުގެ ނަންބަރ  GS-125IUL2017/24 އިޢުލާން ދިމާވި ބައެއް ސަބަބު ތަކާހުރެ ބާތިލްކޮށް މިސުކޫލުގެ  އިސްވެރިޔާ (ޕްރިންސިޕަލް) ހުންނެވުމަށްޓަކައި ގެއެއް ކުއްޔަ ހިފުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، ގެ ކުއްޔަށް ދޫކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތުއަރުވަމެވެ.        

  • މަޢުލޫމާތު ދިނުން:

        މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 17 ޑިސެންބަރ 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 އިން 1:10 ދެމެދު  ސްކޫލު އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

  • އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

        ގެ ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 21ޑިސެންބަރ 2017ވާ  ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގައި މި ސްކޫލް އޮފީހުގައެވެ.

        ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.

        ވީމާ، މިކަން އާންމުކޮށް އިޢްލާންކުރީމެވެ.

 

                                19 ރަބިޢުލްއައްވަލް  1439  

                                07 ޑިސެންބަރ 2017

 

 

                                                                 

 

 

07 ޑިސެންބަރު 2017
ހޯދާ