މޮޅަދޫ ސްކޫލް، ހއ. މޮޅަދޫ
ދިވެހިރާއްޖެ
ސެކިޔުރީ އައުޓްސޯސްކުރުމާއި ބެހޭ

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ!

 

ސެކިޔުރިޓީ ބަލަހަށްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!

 

        01 ޖެނުއަރީ 2018 އިން 31 ޑިސެމްބަރ 2018 ގެ ނިޔަލަށް ވިޔަފާރި އުސޫލުން މިސްކޫލްގެ ސެކިޔުރިޓީ ބަލަހަށްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

        ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މޮޅަދޫ ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު މިސްކޫލަށް ހުށައެޅުމަށް ދަންނަވަމެވެ.  މިމަސައްކަތައް ކުރިމަތިލެވޭނީ މިހާރު ޢަމަލުކުރަމުންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގައިވާ ގޮތަށް އާމްދަނީ ހޯދުމަށް، މިފަދަ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ޤަވާޢިދުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށައެޅުން

13 ޑިސެމްބަރ 2017 ވާ (ބުދަ) ދުވަހުގެ މެންދުރުކުރި 11:00 އަށް

19 ޑިސެމްބަރ 2017 ވާ (އަންގާރަ) ދުވަހުގެ މެންދުރުކުރި 11:00 އަށް

 

        އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެނައުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޞިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މިއިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް 6500561 ނަންބަރު ފޯނާއެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 

19 ރަބީޢުލްއައްވަލް 1439

                               

07 ޑިސެންބަރު 2017
ހޯދާ